twitterviber whatsapp telegramfacebookyoutube instagram
3rd May 2026

ކުރިއަށް އޮތް 24 ގަޑިއިރަށްވެސް ރާއްޖޭގެ މޫސުން ގޯސް: މެޓް

ޚަދީޖާ އާދަމް
Sep 26, 2021

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

މެޓް އޮފީހުން ވަނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް އެކިހިސާބުތަކަށް ވިއްސާރަ ކުރަމުންދާނެތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެދިފައެވެ.

އަދި ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ތުރުކުރާ ފަރާތްތަކުންނާއި ހައިވޭ އަދި ބުރިޖުގައި ދަތުރުކުރާ އިރު، މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށްވެސް އެދިފައި ވެއެވެ.

މީގެ އިތުރުން ރާއްޖެއާ ދުރުން ބޭ އޮފް ބެންގާލުގެ ހުޅަނގުއުތުރުގައި ”ގުލާބު“ ނަން ދީފައިވާ ތޫފާނެއް އުފެދިފައިވާ ކަމަށާއި އެ ތޫފާން ހުޅަނގަށް ދަތުރުކޮށް، މިރޭގެ ވަގުތެއްގައި އިންޑިއާގެ އިރުމަތީ އައްސޭރި ހުރަސްކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.

މިވަގުތުވެސް ހއ އަތޮޅުން ކ އަތޮޅަށް މިރޭގެ 10:30 ހަމައަށް ޔެލޯ އެލާޓް ނެރެފައިވާއިރު މުޅި ރާއްޖެއަށް ވަނީ ހުދު ސަމާލު ނެރެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355