twitterviber whatsapp telegramfacebookyoutube instagram
10th April 2025

ފެން ބޮޑުވެގެން 17 ގެއަކުން ރިޕޯޓްކޮށްފައިވޭ: ކައުންސިލް

ޚަދީޖާ އާދަމް
Sep 26, 2021

މިއަދު ކުރި ވިއްސާރަގައި ފެން ބޮޑުވެގެން 17 ގެއަކުން ރިޕޯޓްކޮށްފައިވަކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލް ބުނެފިއެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ބޮޑު ގެއްލުމެއް ވެގެން އެއްވެސް ގެއަކުން ކައުންސިލަށް ރިޕޯޓްކޮށްފައި ނުވަކަމަށާއި ނަމަވެސް ފެންބޮޑުވެގެން 17 ގެއަކުން ރިޕޯތްކޮށްފައިވާ ކަމަށެވެ. އެގޮތުން އެގެތަކުގެ ދޮރުކައިރިއަށް ވެލި އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އަދި ފެންބޮޑުވެފައިވާ ގެތަކަށް ކައުންސިލަށް ގުޅުމުން ވެލި ދޫކުރުމުގެ މަސައްކަތްވެސް ކުރަމުން ދާކަން މޭޔަރު ފާހަގަކުރެއްވި އެވެ. ވެލި ދޫކުރަމުން ދަނީ އާ ބަނދަރުގެ އުތުރު ގޭޓް ސަރަހައްދުންނެވެ.

މިއަދު ކުރި ވިއްސާރާގައި ކުޅުދުއްފުށީގައި ފެންބޮޑުވެފައިވާތީ ފެން ހިންދުމުގެ މަސައްކަތްވެސް ގެންދަނީ ކުރަމުންނެވެ. އެގޮތުން ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ވިއްސާރައިގެ ސަބަބުން ފެންބޮޑުވެފައިވާތީ ކައުންސިލްގެ ފަރާތުން ވަނީ މިހާރު ވަނީ ހޮޓްލައިންއެއް ގާއިމްކޮށްފައެވެ. އެގޮތުން ފެން ބޮޑުވެ އެހީތެރިކަމެއް ބޭނުން ވެއްޖެނަމަ 6527134 ނުވަތަ 6527136 ގުޅުމަށް ކައުންސިލުން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355