twitterviber whatsapp telegramfacebookyoutube instagram
4th May 2024

މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރެ ވެހުނީ ކުޅުދުއްފުއްޓަށް

ޚަދީޖާ އާދަމް
Sep 27, 2021

އިއްޔެ ރާއްޖެއަށް ކުރި ވިއްސާރާގައި އެންމެ ގިނައިން ވާރެ ވެހިފައިވަނީ ކުޅުދުއްފުއްޓަށް ކަމަށް ގައުމީ މޫސުމާއި ބެހޭ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ވާރެ ވެހުނު މިންވަރުގެ ތަފްސީލް ހާމަކޮށް ނެރެފައިވާ ގްރާޕުގައި ވާގޮތުން އިއްޔެ ހެނދުނު 8 ން މިއަދު ހެނދުނު 8 އަށް ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރާގައި އެންމެ ގިނައިން ވާރެ ވެހިފައިވަނީ ކުޅުދުއްފުއްޓަށެވެ.

ގްރާޕުން ދައްކާ ގޮތުގައި ކުޅުދުއްފުއްޓަށް 93.1 މިލިމީޓަރުގެ ވާރެ ވެހިފައިވާއިރު ދެން އެންމެ ގިނައިން ވާރެ ވެހުނީ ހަނިމާދޫ އަށެވެ. އެރަށަށް ވަނީ 46.1 މިލިމީޓަރުގެ ވާރެ ވެހިފައެވެ. ދެން އެންމެ ގިނައިން ވާރެ ވެހުނު ނ މާފަރަށް ވަނީ 33.0 މިލިމީޓަރުގެ ވާރެ ވެހިފައެވެ.

މެޓު އޮފީހުން ހާމަކުރާ ގޮތުގައި މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ އެވެ. މިއަދު މެންދުރު 12:00 ހަމައަށް މުޅި ރާއްޖެއަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355