twitterviber whatsapp telegramfacebookyoutube instagram
14th June 2025

ފެނަކަ ސީއެސްއާރުގެ ދަށުން ވާދޫ ސްކޫލުގައި ހަދާ ނަމާދު ގެ ބޮޑުބައި ނިމިއްޖެ

ނަބީލާ އިސްމާޢީލް
Sep 27, 2021
1

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ސީއެސްއާރްގެ ދަށުން ރ. ވާދޫ ސްކޫލުގައި އިމާރާތްކުރާ ނަމާދު ކުރުމަށް ހާއްސަ ކޮޓަރީގެ މަސައްކަތް ބޮޑުބައި ނިމިފައިވާކަމަށާއި އެ އިމާރާތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފެނަކައިން ބުނީ އެ ނަމާދު ކޮޓަރީގެ މައިގަނޑު ސްޓްރަކްޗާގެ މަސައްކަތް މިހާރު ހުރީ ނިމިފައި ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ފިނިޝިންގ މަސައްކަތްތައް ކަމަށެވެ. މި އަހަރުގެ ޖޫން މަހު ފެށި އެ ޕްރޮޖެކްޓުގެ މަސައްކަތްތައް އަންނަ މަހުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ވާދޫ ސްކޫލުގައި ނަމާދު ކޮޓަރިއެއް އިމާރާތް ކުރުމަކީ އެ ސްކޫލުގެ ދަރިވަރުންނާއި، ބެލެނިވެރިންގެވެސް ވަރަށް ބޮޑު އުންމީދެކެވެ.

ފެނަކައިން ބުނީ، އެފަދަ ސީއެސްއާރް ޕްރޮޖެކްޓުތަކުގެ ޒަރީއާއިން މުޖުތަމައުއަށް ހިދުމަތް ކޮށްދިނުމަކީ ފެނަކައަށް ލިބޭ އުފަލެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355