twitterviber whatsapp telegramfacebookyoutube instagram
17th April 2026

މިމަހުވެސް ރާއްޖެއަށް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ޚަދީޖާ އާދަމް
Sep 27, 2021

މި މަހު ރާއްޖެއަށް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ސެޕްޓެމްބަރު 26 ގެ ނިޔަލަށް 102,745 ފަތުރުވެރިން ޒިޔާރަށްކޮށްފައި ވެއެވެ. ސެޕްޓެމްބަރު މަހަކީ މިއަހަރު ލައްކަ އަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި 4 ވަނަ މަހެވެ. އޮގަސްޓް، މާޗު އަދި ޖުލައި މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ ލައްކައަކަށް އަރާފައެވެ. އެގޮތުން މާޗު މަހު 109,585 ފަތުރުވެރިން އައިސްފައިވާއިރު ޖުލައި މަހު ވަނީ 101,818 ފަތުރުވެރިން ރާއްޖެ އައިސްފައެވެ.

މި އަހަރު މިހާތަނަށް ޖުމްލަ 858,711 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން އެއް މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައި އޮތީ އަވައްޓެރި އިންޑިއާ އެވެ. ރާއްޖެ އަންނަ ފަތުރުވެރިންނަށް ހިދުމަތްދޭ 883 ފެސިލިޓީގައި 51,056 އެނދު މިހާރު އޮޕަރޭޓް ކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355