twitterviber whatsapp telegramfacebookyoutube instagram
22nd March 2026

ޗެމްޕިއަންސް ލީގުގައި މެސީ އާއި ގާޑިއޯލާގެ ކުރިމަތިލުމެއް، ކޮން ކޮޅެއްބާ ގަދަވާނީ؟

މުޙައްމަދު އަހުމަދު
Sep 27, 2021

އެއީ ފަހުގެ ތާރީހުގައި މިޒަމާނުގައި ކުޅުންތެރިއެއް އަދި މެނޭޖަރެއް އެކުގައި ހޯދި އެންމެ ކާމިޔާބު ހޯދި ޕެއާ އެވެ. އެންމެ ވަރުގަދަ އެއް ޕެއާ އެވެ.

ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީއާއި އެންމެ މޮޅު އެއް ފުޓްބޯޅަ މެނޭޖަރު ޕެޕް ގާޑިއޯލާ ވަނީ އެކުގައި 4 އަހަރުގެ ތެރޭގައި ބާސެލޯނާގައި 14 ތަށި ކާމިޔާބުކޮށްފަ އެވެ.

މެސީއާއި ގާޑިއޯލާގެ ޕެއާ އަކީ އެތައް އަހަރަކު ޔޫރަޕް ފުޓްބޯޅައިގެ ރަސްކަން ކުރި ޕެއާ އެވެ. 2012 ވަނަ އަހަރު ގާޑިއޯލާ ބާސާ ދޫކޮށްލި ފަހުން އޭނާއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި މެސީ އަށްވުރެ ގިނަ ލަނޑު ޖެހުނު ކުޅުންތެރިއަކު ނެތެވެ.

މިޕެއާގެ ކުރިމަތިލުމެއް އަންނަ އަންގާރަ ދުވަހުގެ ރޭ ދަންވަރު ބާރަ ޖަހާއިރު އޮންނާނެ އެވެ. ޗެމްޕިއަންސް ލީގުގައި މެސީގެ ޕީއެސްޖީން ގާޑިއޯލާގެ ސިޓީއާ ދެކޮޅަށް ނުކުންނައިރު އެމެޗުގެ ސްކޮޑްގައި މެސީ ހިމެނުން ވަރަށް ގާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355