twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބިދޭސީން ހިންގާ ވިޔަފާރިތައް ހަނިކުރާ ބިލުގެ ބަހުސް ފަށައިފި

ޚަދީޖާ އާދަމް
Sep 28, 2021

ނިވަލުގައި ދިވެހިން ތިބެގެން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބިދޭސީން ހިންގާ ވިޔަފާރިތައް ހަނިކޮށް ދިވެހި ކުދި ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސް ފަށައިފި އެވެ.

ބިލުގެ ބޭނުމަކީ ދިވެހިން ނިވާފަތްގަނޑަކަށް ވެގެން ސީދާ ގޮތުންނާއި ނުސީދާކޮށް ބިދޭސީން ހިންގާ ވިޔަފާރިތަކުގެ ސަބަބުން ރާއްޖޭގެ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި އާއި ދިވެހި ރައްޔިތުންނަށް ލިބޭ އިގުތިސޯދީ ފުރުސަތުތައް ހަނިވިޔަ ނުދިނުމަށް ފިޔަވަޅު އެޅޭނެ އިންތިޒާމް ހަމަޖެއްސުމެވެ.

އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަަކަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކޮށް ހާލަތު ދެނެގަނެ ކަންކަން ރަަނގަޅު ކުރުމެވެ.

ސަރުކާރުގެ ފަރާތުން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަަށް އިސްލާހެއް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމެވެ. ބިލު ހުށަހަޅުއްވަމުން ގަނީ ވިދާޅުވީ މިހާރުވެސް ރާއްޖޭގައި ރަޖިސްޓްރީ ނުކުރާ މަސައްކަތްތެރިންނާއި ތަރުކާރީއާ މޭވާ ވިއްކާ ފަރާތްތައް އުޅޭ ތަން ފެންނަމުންދާ ކަމަށެވެ. އަދި މި ބިލުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އިތުރު މަންފާއާ ލުއި ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ދިވެހި ވިޔަފާރިތައް ހިމާޔަތް ކުރުމުގެ ގޮތުން، ބިދޭސީންގެ ގަވައިދާ ހިލާފު ވިޔަފާރިތައް ބާތިލު ކުރެވޭނެ އުސޫލު ވެސް ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބިދޭސީން ހިންގާ ވިޔަފާރިއެއް ކަމަށް އެކަށީގެންވާ ހެއްކާއެކު އެކަން ރަޖިސްޓްރާއަށް ގަބޫލު ކުރެވިއްޖެ ނަމަ އެ ވިޔަފާރީގެ ރަޖިސްޓްރީ ބާތިލު ކުރެވެ އެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނާ ހިލާފުވުމުން އެކުރި ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި 1000ރ. އާއި 20،000 ރުފިޔާއިން މިހާރު ޖޫރިމަނާ ކުރެވެ އެވެ. ނަމަވެސް އެ ޖޫރިމަނާ 100،000 ރުފިޔާއަށް ބޮޑު ކުރަން ބިލުގައި ހިމަނައިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355