twitterviber whatsapp telegramfacebookyoutube instagram
14th January 2026

އެންމެ އަގު ބޮޑު ކުރިމަތިލުމުގައި ސިޓީގެ މައްޗަށް ޕީއެސްޖީން ކުރިހޯދައިފި

މުޙައްމަދު އަހުމަދު
Sep 29, 2021

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޔޫރަޕުގެ ފުޓްބޯޅައިގެ ގަދަ ދެބާރު ކަމަށްވާ ޕީއެސްޖީއާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗުން ޕީއެސްޖީ ކުރި ހޯދައިފި އެވެ.

މިމެޗަކީ ފުޓްބޯޅައިގެ ތާރީހުގައި ވެސް ވަރަށް ހާއްސަ މެޗެކެވެ. މިމެޗަކީ ދުނިޔޭގެ އެންމެ އަގުބޮޑު މެޗު ކަމުގައި ބުނެވިދާނެ އެވެ. ޕީއެސްޖީ ސްކޮޑުގެ އަގު 1.16 ބިލިއަނަށް އަރާއިރު ސިޓީގެ ސްކޮޑުގެ އަގަކީ 1.20 ބިލިއަން ޑޮލަރެވެ.

މިމެޗަކީ 21 އަހަރަށްފަހު ބާސާ ދޫކޮށްލި ލިއޮނަލް މެސީ ޕީއެސްޖީގެ ޖާޒީގައި ފެނުން 4 ވަނަ މެޗެވެ. މިމެޗުގައި މެސީގެ ފަރާތުން ރީތި ލަނޑެއް ފެނިގެންދިޔައިރު މިއީ ޕީއެސްޖީއަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ.

މެޗުގެ ކުރީކޮޅު ޕީއެސްޖީއަށް އެޓީމުގެ އިދްރީސާ ގާނާ ގޭއި ލީޑު ނަގައިދިނެވެ. މީގެ އިތުރުން ސިޓީއަށް ވަނީ މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި އެންމެ އެދެވޭ ނަތީޖާ ނެރެވޭ ގޮތް ނުވެފަ އެވެ. އެގޮތުން ރަހީމް ސްޓާލިން ބޮލުން ފޮނުވާލި ހަމަލާ ގޯލު ދަނޑީގައި ޖެހުނުއިރު ބަނާޑޯ ސިލްވާ އަށް ވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާނުލެވިފަ އެވެ.

ޔޫރޯގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޖިއަންލުއިޖީ ޑޮންނަރުމާގެ ކައިރިން ސިޓީއަށް ވަނީ ގޯލެއް ޖެހޭ ގޮތް ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355