twitterviber whatsapp telegramfacebookyoutube instagram
11th November 2026

ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Sep 30, 2021

އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން މޫސާ އެވެ.

އެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި 170 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 57 މީޓަރުގެ އެއްގަމު ތޮށިލުމާއި 9 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުން ހިމެނެ އެވެ. އަދި 250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުމުގެ އިތުރުން ބަނދަތު ބައްތި ހަރުކުރުން ހިމެނެ އެވެ.

ޖުމުލަ 9.61 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 150 ދުވަސް ތެރޭގައި ނިންމައި ހަވާލުކުރާ ގޮތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293