twitterviber whatsapp telegramfacebookyoutube instagram
20th April 2024

އޭޝިއަން ޗެމްޕިއަންޝިޕުން ގައުމީ ޓީޓީ ޓީމަށް ކާމިޔާބު ފެށުމެއް

މުޙައްމަދު އަހުމަދު
Sep 30, 2021

ގަތަރުގައި ކުރިއަށްދާ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެ ފެށުން ރަނގަޅުކޮށްފި އެވެ.

އެގޮތުން އިއްޔެ އަންހެން ޓީމު އިވެންޓް ބައިގައި ރާއްޖެއިން ގަތަރާއި ބަންގްލަދޭޝް ބަލިކުރިއިރު ފިރިހެން ޓީމުން ވަނީ ފޯރިގަދަ ކުޅުމަކަށްފަހު އޮމާން ބަލިކޮށްފަ އެވެ.

ގަތަރުގެ މައްޗަށް އަންހެން ޓީމު ކުރިހޯދީ 3 - 1 އިންނެވެ. ރަފާ މޮޅުވީ ތިން ސެޓު އެއް ސެޓުންނެވެ. ދެ ވަނަ ޓައިގައި ދީމާ ވަނީ ތިން ސެޓު ދެ ސެޓުން ބަލިވިއިރު ތިން ވަނަ ޓައިގައި ލައިސާ ފަތުހުﷲ ވަނީ ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ދެން ކުޅެވުނު ޓައި އިން ދީމާ ވަނީ ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.

ބަންގްލަދޭޝްގެ މައްޗަށް އަންހެން ޓީމުން ވަނީ ފުރިހަމަ މޮޅެއް ހޯދާދީފަ އެވެ. އެގޮތުން ރަފާ އާއި ދީމާ އަދި ލައިސާ ވަނީ ކުޅުނު ތިން ޓައި އިން ވެސް މޮޅުވެފަ އެވެ.

އޮމާންގެ މައްޗަށް ފިރިހެން ޓީމުން 3 - 2 ން ކުރިހޯދި އިރު ފުރަތަމަ ޓައި އިން މޫސާ މުންސިފް އޮމާން ކުޅުންތެރިޔާ އަތުން ބަލިވި އެވެ. ނަމަވެސް ދެ ވަނަ ޓައި އިން ޝައްފާން އިސްމާއިލް މޮޅުވީ 3 - 1 ސެޓުންނެވެ. އަދި ތިންވަނަ ޓައި އިން 3 - 2 ން ޒީސްތު ނަސީމް ވަނީ ބަލިވެފަ އެވެ. ހަތަރު ވަނަ ޓައިގައި މުންސިފް ވަނީ އޮމާންގެ ކުޅުންތެރިޔާ 3-2 ސެޓުން ބަލިިކޮށްފަ އެވެ. ރާއްޖެއަށް މެޗު ކާމިޔާބުވީ ފަސް ވަނަ ޓައިގައި 3 - 1 ސެޓުން ރާއްޖޭގެ ޝައްފާން އޮމާން ކުޅުންތެރިޔާ ބަލިކުރުމުންނެވެ.

މި ފަހަރުގެ މުބާރާތުގައި ގައުމީ ޓީޓީ ޓީމަށް އިރުޝާދުދެނީ ގްރީސްގެ ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355