twitterviber whatsapp telegramfacebookyoutube instagram
17th September 2026

ރިޒާވަށް 17.2 މިލިއަން ޑޮލަރުގެ އިތުރުވުމެއް

ޚަދީޖާ އާދަމް
Oct 2, 2021

މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް 17.2 މިލިއަން ޑޮލަރުގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭއިން ބުނީ އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވްގައިހުރީ 874.3 މިލިއަން ޑޮލަރުކަމަށާއި ނަމަވެސް ޖުލައި މަސް ނިމުނުއިރު ރިޒާވްގައި 857.1 މިލިއަން ޑޮލަރު ކަމަށެވެ.

މިއީ މިދިޔަ އަހަރުގެ އޯގަސްޓް މަހު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރި 569.8 މިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެވެ. މިދިޔަ އަހަރު ރާއްޖޭގެ ރިޒާވް 500 މިލިއަން ޑޮލަރަށް ވެއްޓުނީ ކޮވިޑް-19 ގެ ސަބަބުން އާމްދަނީ ދަށްވެގެން ދިއުމާއެކުގަ އެވެ.

ރާއްޖޭގެ ޑޮލަރުގެ ރިޒާވްގައި ހުރި ފައިސާ އާއްމުކޮށް ބޭނުން ކުރަނީ ރާއްޖެއަށް ބޭނުންވާ މުދާ އިމްޕޯޓް ކުރުމަށެވެ. އެމްއެމްއޭއިން ކުރިން ރާއްޖޭގެ ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވްއަށް އަންނަ ބަދަލުވެސް އާއްމު ކުރަމުން ގެންދިޔަ އެވެ. ނަމަވެސް މިހާރު އެ އާއްމު ކުރުން ވަނީ ހުއްޓާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293