ރާއްޖޭގައި ފައިޒާގެ ދެވަނަ ޑޯޒް ޖެހި މީހުންނަށް ބޫސްޓާ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ ހުޅުވާލައިފި އެވެ. ބޫސްޓާ ޑޯޒް ޖެހޭނީ ދެވަނަ ޑޯޒް ޖެހިތާ 6 މަސް ދުވަސްވެފައިވާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ހާމަކުރެ އެވެ.
އެޗްޕީއޭއިން ބުނީ މި ވަގުތު ބޫސްޓާ ޑޯޒް ދޭން ނިންމާފައިވަނީ ފައިޒާ ވެކްސިނުން އެކަނި ކަމަށާއި އެ ވެކްސިންގެ ބޫސްޓާ ޑޯޒް ދޭނީ އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލޭ ހޮސްޕިޓަލުން އެޕޮއިންޓްމަންޓް އުސޫލުން އެކަނި ކަމަށް ވެސް ބުނެފައިވެ އެވެ.
ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރަމުން އަންނަ ސިއްހީ ހިދުމަތްދޭ މީހުންނަށް ތިން ވަނަ ޑޯޒެއް ޖަހަން ނިންމާ އެޗްޕީއޭއިން އެކަން އިއުލާންކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ އެވެ.
The following vaccination centers will be administering PFIZER vaccine as a third (booster) dose for the announced categories.
— Health Protection Agency (@HPA_MV) October 2, 2021
Book your appointment via https://t.co/1vBPcL980x pic.twitter.com/ioLrQUd1I5
ބޫސްޓާ ޑޯޒް އެމީހުންނަށް ދޭން ނިންމާފައި ވަނީ މިކަމާ ބެހޭގޮތުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކަށް ބެލުމަށް ފަހު މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒާރީ ގްރޫޕް އޮން އިމުނައިޒޭޝަންގެ ލަފާގެ މަތިން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ބޫސްޓާ ޑޯޒް ދޭއިރު ވަރަށް ގިނަ ކަންތައްތަކަކަށް ބަލަ އެވެ.
1. 60 އަހަރު މަތީގެ މީހުން.
2. ދިފާއީ ނިޒާމު ބަލިކަށި މީހުން.
3. ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން.
4. ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުން.
5. ދިގު މުއްދަތަކަށް ސްޓެރޮއިޑްސް ބޭނުންކުރާ މީހުން.
6. ގަވާއިދުން ޑަޔަލިސިސް ހަދާ މީހުން.
7. ކެންސަރަށް ފަރުވާ ކުރާ މީހުންނާއި ފަރުވާ އަށް ފަހު އެއް އަހަރު ނުވާ މީހުން.
8. އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުން.
9. އޮކްސިޖަން ތެރެޕީ ނަގާ މީހުން.
10. ފުއްޕާމޭގެ އެކި ބަލިތަކަށް ފަރުވާ ކުރާ މީހުން.
11. ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުން.
12. ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުންވެފައިވާ މީހުން.
13. ބަލީގެ ސަބަބުން އެނދުމަތިކޮށްފައިވާ މީހުން.
ރާއްޖޭގައި ބަލި ޖެހޭ މީހުންގެ އަދަދުތައް ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ހިފެހެއްޓިފަ އެވެ.