twitterviber whatsapp telegramfacebookyoutube instagram
24th April 2024

ސުޗިތްރާއާއި ސުނިލް ސާހަށް ހިތްވަރުދީ ވާހަކަ ދައްކައިފި

Oct 4, 2021

ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމާއި ގުޅިގެން އޭނާއަށް ހިވަރުދީ ކުރީގެ ބަތަލާ ސްޗިތްރާ ކްރިޝްނަމުރްތީއާއި ސުނިލް ސެޓީ ވާހަކަ ދައްކައިފި އެވެ.

ސްޗިތްރާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޕޮލިހުން ރެއިޑް ހިންގަނީ ސެލެބްރިޓީގެ ތަރިންނަށް ފާރަލައިގެންކަމަށާއި ނަމަވެސް މިހާތަނަށް ޕޮލިހުންނަށް އެއްވެސް ކަމެއް ސާބިތުކޮށް ދެވިފައި ނުވާކަމަށާއި މިއީ "ތަމާޝާ" އެއްކަމަށެވެ.

ސުނިލް ބުނީ ހަގީގަތް ބަލައި ނުލާ އެއްވެސް ކޮމެންޓެއް ކުރުމަކީ އެދެވޭގޮތެއް ނޫންކަމަށާއި އެއީ އަދި ކުޑަ ކުއްޖެކަމަށާއި، ކުޑަކުދިންގެ ޒިންމާއަކީ އެންމެންގެ ޒިންމާއެއްކަމަށެވެ. އަދި އާރްޔަންގެ އިތުރުންވެސް އެހެން މީހުންވެސް ހައްޔަރުކޮށްފައިވާއިރު މީޑިޔާއިން ހަމައެކަނި އާރްޔަންގެ ވާހަކަ އެކިގޮތްގޮތަށް ދައްކަމުން ދާތީވެސް ވަނީ ކަންބޮޑުވާކަމަށް ބުނެފައެވެ.

އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އާރްޔަން ހައްޔަރުކޮށްފައިވަނީ ކްރޫޒްލައިނާއެއްގައި މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެން މިއަދު މެންދުރުފަހު 2 ޖަހާ އެހާއިރު އެވެ. އޭނާއާއެކު އިތުރު 7 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެންސީބީ ވަނީ މެޑިކަލް އެގްޒަމިނޭޝަނަށް އާރްޔަން ޖޭޖޭ ހޮސްޕިޓަލަށްވެސް ގެންގޮސްފައެވެ.

ޝާހްރުކާއި ގޯރީގެ 3 ކުދިންގެ ތެރެއިން އެންމެ ދޮށީ އާރްޔަންއެވެ. ދެން ހުންނަނީ އަންހެން ދަރިފުޅު ސުހާނާ ޚާންއާއި އަބްރަމް ޚާންއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355