ފުލުހުންގެ އިސް ރޭންކްތަކުގައި ތިއްބެވި ހަތް އޮފިސަރަކު ވަކިކުރުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސިޔާސީ ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުން ދިފާއުވެވަޑައިގެން އެކަމުގައި ވަކިގޮތަކަށް ކަން ކުރުމަށް ނުވަަތަ ނުކުރުމަށް އަޅުގަނޑު ދަންނަވާފައެއް ނުވާނެ ކަމަށާއި އެހެންކަމުން އަޅުގަނޑު ގަބޫލުކުރާ ގޮތުން އެބޭފުޅުން މިކަމުގައި އެއްވެސް ސިޔާސީ ނުފޫޒެއް އަޅުގަނޑުގެ ފަރާތުން އައިސްފައެއް ނުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނސްޓަރު އިމްރާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އޮފިސަރުން ވަކިކުރަން ނިންމި ނިންމުގައި އޭނާ ދައުރެއް އަދާކުރަން ގާނޫނީ ގޮތުން ފުރުސަތެއް ވެސް ނެތް ކަމަށާއި އޮފިސަރުން ވަކިކުރަން ބޯޑުން ނިންމި ނިންމުމުގެ މައުލޫމާތު ވެސް އޭނާއަށް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިމްރާން އިތުރަށް ވިދާޅުވީ އޮފިސަރުން ވަކިކުރުމާއި މެދު ގޮތެއް ނިންމަން ބޯޑުން ކުރި މަސައްކަތުގެ މުއްދަތަށް ނިންމަން ބާރު އެޅުން ފިޔަަވައި އެހެން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.
ހަތް އޮފިސަރުންގެ ތެރެއިން ތިން އޮފިސަރުން އިސްތިއުފާ ދެއްވުމަށް މުހުލަތެއް ދެއްވައި އިންޒާރެއް ދެއްވާފައިވެސް ނުވާނެ ކަމަށް ޝިޔާމް ސުވާލަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވި އެވެ.