twitterviber whatsapp telegramfacebookyoutube instagram
19th June 2026

ނެއްލައިދޫ ސްކޫލުން ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް ލެޕްޓޮޕް ދީފި

މުޙައްމަދު އަހުމަދު
Oct 4, 2021

ހދ ނެއްލައިދޫ ސްކޫލުން ގައުމީ ގަދަ 10 އެއްގައި ހިމެނުނު ދަރިވަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެރަށު ކައުންސިލުން ދެމުން އަންނަ ލެޕްޓޮޕް އެ ސްކޫލުގެ ތިން ދަރިވަރަކަށް ލިބިއްޖެ އެވެ.

ގަދަ ދިހައެއްގައި ހިމެނި ލެޕްޓޮޕް ލިބިފައިވަނީ އެ ސްކޫލުގެ 2 އަންހެން ދަރިވަރަކަށާއި ފިރިހެން ދަރިވަރަކަށެވެ. އެއީ، ހަތަރު ވަނަ ހޯދި އައިޝަތު ޝައިހާ އާއި 8 ވަނައިގައި ހިމެނުނު ފާތިމަތު އީނާޒް އަދި 10 ވަނައިގައި ހޯދި އަހްމަދު އަޒްމީ އެވެ.

ދަރިވަރުންނަށް ލެޕްޓޮޕް ހަދިޔާކުރީ އިއްޔެ އެކަމަށް ބޭއްވި ހަފުލާއެއްގައި ކައުންސިލްގެ ރައީސް އަލީފެވެ. މިކަމުގައި ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިން އަދި ކައުންސިލް އިދާރާގެ އިސް މުވައްޒަފުން ބައިވެރިވެލެއްވި އެވެ.

2016 ވަނަ އަހަރުން ފެށިގެން ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުންނަށް ކައުންސިލުން ލެޕްޓޮޕް ހަދިޔާކުރާއިރު އެކަން ކުރަމުން އަންނަނީ ކޮންމެ އަހަރަކު އެ ކައުންސިލުން އެރަށު ސްކޫލަށް ހާއްސަކޮށް އެކުލަވާލާ ބަޖެޓެއްގެ ދަށުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355