twitterviber whatsapp telegramfacebookyoutube instagram
3rd May 2026

ހއ އަތޮޅުން ތ އަތޮޅަށް ނެރުނު ވައިޓް އެލާޓް މިއަދު 11 އާއި ހަމައަށް އިތުރުކޮށްފި

Oct 5, 2021

ގުގުރުމާއެކު ބޯކޮށް ވާރެ ވެހޭނެ ކަމަށް ލަފާކޮށް އިއްޔެ ހަވީރު 5:00 ގައި ހއ އަތޮޅުން ތ އަތޮޅަށް މެޓް އޮފީހުން ނެރުނު ވައިޓް އެލާޓް މިއަދު މެންދުރު 11:00 އިތުރު ކޮށްފި އެވެ.

މެޓުން ވަނީ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެކަމަށް ލަފާކޮށްފައެވެ. އެހެން ގަޑިތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.

މެޓުން ބުނީ މިއަހަރު އޮކްޓޯބަރު، ނޮވެމްބަރު އަދި ޑިސެމްބަރު މަހުވެސް އެންމެ އުތުރު އަތޮޅުތަކަށް އާންމުކޮށް ވެހޭ މިންވަރަށް ވާރޭވެހޭނެ ކަމަށް ބެލެވޭކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355