twitterviber whatsapp telegramfacebookyoutube instagram
29th November 2026

ނައިބު ރައީސް ފައިސަލް ނަސީމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ޚަދީޖާ އާދަމް
Oct 5, 2021

ނައިބު ރައީސް ފައިސަލް ނަސީމްގެ ސިއްހީ ހާލުކޮޅު ގޯސްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފިއެވެ.

މި އަހަރު ފެބްރުއަރީ މަހުގެ ތެރޭގައިވެސް ހުންއައިސް ނައިބު ރައީސްގެ ސިއްހީ ގޮތުން ހާލުކޮޅު ގޯސްވެ ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

އޮންލައިން ނޫސް "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ނައިބު ރައީސްގެ ހާލުކޮޅު ސީރިއަސް ނޫން ނަމަވެސް ހާލަތު އެންމެ ރަނގަޅުކަމުގައި ނުވުމާއެކު އިއްޔެ އެޑްމިޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮވިޑު ނޫންކަމަށް މަބްރޫކް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293