twitterviber whatsapp telegramfacebookyoutube instagram
11th November 2026

ކުމުންދޫ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

Oct 6, 2021

ހދ. ކުމުންދޫ ބަނދަރު ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލު ކޮށްފިއެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން މޫސާ އެވެ.

މި މަޝްރޫގެ ދަށުން 9،34.56 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، ބަނދަރަށް ވަންނަ ނެރު 4،954.91 ކިއުބިކް މީޓަރަށް ފުންކުރުން ހިމެނެއެވެ.

އަދި 242 މީޓަރ ބޮޑު ހިލައިގެ ބޭރު ތޮށި ޖެހުމާއި 198 މީޓަރު ސަރަހައްދެއްގެ ރިވެޓްމެންޓު ޖެހުން ހިމެނެއެވެ. މީގެ އިތުރުން 2 ނެވިގޭޝަން ލައިޓް ހަރުކުރުންވެސް ހިމެނެއެވެ.

35.6 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 210 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293