twitterviber whatsapp telegramfacebookyoutube instagram
19th April 2024

އުރީދޫ އެޕްގައި ގޯލް ޖަހައިގެން މޮޅުވާ ފަރާތްތަކަށް ހިލޭ ޖީބީ ލިބޭ ގޭމެއް

ނަބީލާ އިސްމާޢީލް
Oct 6, 2021

13 ވަނަ ސާފް ޗެމްޕިއަންޝިޕް މުބާރާތާއި ގުޅިގެން ރާއްޖޭގައި ގައުމީ ޖޯޝާއި ފުޓުބޯޅައިގެ ފޯރި އިތުރުކުރުމުގެ ގޮޮތުން، މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އުރީދޫ މޯލްޑިވްސްއިން، ގޯލް ޖަހައިގެން މޮޅުވާ ފަރާތްތަކަށް ހިލޭ 1 ޖީބީ ޑޭޓާ ލިބޭ ގޭމެއް އުރީދޫ މޯލްޑިވްސްގެ ސެލްފްކެއަރ އެޕް، އުރީދޫ އެޕްގައި ތައާރަފްކޮށްފިއެވެ.

ފަންސާސް (50) ރުފިޔާއާއި އެއަށްވުރެ މަތިން ރީޗާރޖް ކުރައްވާ ފަރާތްތަކަށާއި ޕެކް އެކްޓިވޭޓް ކުރައްވާ ފަރާތްތަކަށް މިގޭމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ޕެނަލްޓީ ކިކެއް ގޯލަށް ޖަހާ ސްކޯ ކުރާ ކަސްޓަމަރުންނަށް ހިލޭ ޖީބީ ލިބިގެންދާނެއެވެ.

ސްކޯ އެންޑް ވިން ގޭމް ކުޅޭނެ ގޮތް

  • އުރީދޫ އެޕް އަށް ޒިޔާރާތްކޮށްލައްވާ
  • ފަންސާސް (50) ރުފިޔާއާއި އެއަށްވުރެ މަތިން ރީޗާޖް ކޮށްލައްވާ
  • ރީޗާރޖްކޮށްލުމުން ސްކްރީނުން ފެނިވަޑައިގަންނަވާ PLAY ONCE އަށް ފިތާލައްވާ
  • ޕެނަލްޓީ ކިކަކުން ގޯލްޖައްސަވާ ހިލޭ ޑޭޓާ ހޯއްދަވާ

ކުރިއަށް އޮތްތަނުގައިވެސް މިފަދަ މަޖާ ގޭމް ކުޅެގެން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ސާޕް ޗެމްޕިއަންޝިޕް 2021 ގެ ޓައިޓަލް ސްޕޮންސަރގެ ގޮތުގައި އުރީދޫ މޯލްޑިވްސްއިން ދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ.

މީގެ ތެރޭގައި ސޯޝަލް މީޑިއާ ކޮންޓެސްޓް އަދި އުރީދޫ އީ-ކޮމާރސް ޕްލެޓްފޯރމް މެދުވެރިކޮށް ވިޔަފާރިކުރައްވާ ފަރާތްތަކަށް މެޗްތައް ބަލާލުމަށް ޓިކެޓް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލާފައެވެ. މީގެ އިތުރުން ފުޓުބޯޅައިގެ ފޯރީގައި ރައްޔިތުންނާއި ބައިވެރިވެ ކުލަގަދަ ކުރުމަށް އެކި އެކި ހަރަކާތްތައް ވަނީ ރޭވިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355