twitterviber whatsapp telegramfacebookyoutube instagram
28th March 2024

އުރީދޫ ޕްލިކްސް ޕެކޭޖް ނަގައިގެން މެޗް ބަލައިލުމުން 20 ޖީބީގެ ޓޭޑާ!

ނަބީލާ އިސްމާޢީލް
Oct 8, 2021

އުރީދޫ ކަސްޓަމަރުންނަށް އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ މެޗްތައް ފަސޭހަކަމާއެކު ކޮންމެތާކުންވެސް ބަލާލުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އާއި ރާއްޖޭގެ އެންމެ ފާހަގަ ކޮށްލެވޭ ކޭބަލް ޓެލެވިޝަން ޚިދުމަތްދޭ ކުންފުނިކަމުގައިވާ މީޑިއާނެޓް އާއި ޕާޓްނަރުވެއްޖެއެވެ.

މި ޚާއްސަ ޕާޓްނާޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސްއިން މިއަދުވަނީ އުރީދޫ ފްލިކްސްގެ 250 ޕެކްއަށް މީޑިއާނެޓް މަލްޓި ސްކްރީން އެޕް (އެމްއެސް އެޕް) މަންތްލީ ސަބްސްކްރިޕްޝަންއާއިއެކު ހިމަނަފައެވެ.

މި ޕެކް އެކްޓިވޭޓް ކުރާފަރާތްތަކަށް ހިލޭ ސަބްސްކްރިޕްޝަން ގެ އިތުރުން މެޗުތައް ބަލާލުމަށް 20ޖީބީ ޑޭޓާވެސް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ. 30 ދުވަހުގެ މުއްދަތަށް ބެނުންކުރެވޭ މި ޕެކް ނަގާ ކަސްޓަމަރުންނަށް އެމްއެސް އެޕް ކޮންޓެންޓްގެ އިތުރުން ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑްކްލައުޑް އަދި ސްޕޮޓިފައި ވެސް ބޭނުންކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ޚާއްސަ ހަދިޔާއެއްގެގޮތުން އާޗާ ޕްރިޕެއިޑް 750، އަޗާ ޕޯސްޓްޕެއިޑް 1000، އެކު ޕޯސްޓްޕެއިޑް އަދި ވަރަށް ތަފާތު ޕޯސްޓްޕެއިޑް 1499 އަދި 1999 ޕެކޭޖް ގެ އިތުރުން ސުޕަނެޓް 50އެމް އަދި 100އެމް އަލަށް ނަގާ ކަސްޓަމަރުންނަށް، އެމްއެސް އެޕް ކޮންޓެންޓްއަށް ސަބްސްކްރައިބް ކުރުމަށް ހިލޭ ޕްރޯމޯ ކޯޑްސް ލިބޭނެއެވެ.

"ސާފް ޗެމްޕިއަންޝިޕްއަކީ އަބަދުވެސް ދިވެހިންގެ އެއްބައިވަންތަކަމާއި ގައުމީ ޖޯޝާއި ރޫހު އާލާވެގެންދާ ވަރަށް ފޯރި ގަދަ އިވެންޓެއް. އެންމެން އެކު އެކީގައި ދިވެހި ގައުމީ ޓީމަށް ސަޕޯރޓްކޮށް ޗެމްޕިއަން ޓީމަށް ވުމަކީ އަޅުގަނޑުމެން އެންމެންގެވެސ އުއްމީދު. އެހެންކަމުން މުބާރަތުގެ ޓައިޓަލް ސްޕޮންސަރގެ ގޮތުގައި އަޅުގަނޑުމެންގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެންމެހައި ބޭފުޅުންނަށްވެސް މެޗްތައް ލައިވްކޮށް ކޮންމެތާކުތިއްބަވައިގެންވެސް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުން. މީޑިއާނެޓް ގެ އެމް އެސް އެޕް މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ހިލޭ ސަބްސްކްރިޕްޝަން އާއިއެކު ހުރިހާ މެޗެއްވެސް ކޮންމެތާކު ތިއްބަވައިގެންވެސް ބައްލަވާލެވޭނެ،" އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާރޝަލް އޮފިސަރު، ހުސައިން ނިޔާޒް ވިދާޅުވިއެވެ.

މީޑިއާނެޓްގެ ހެޑް އޮފް މަލްޓި ސްކްރީން، ތާއިމް އަބަދުއްލާ ރަޝީދު ވިދާޅުވީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންނަށް އެންމެ ފަހުގެ ކޮންޓެންޓް ފަސޭހަކަމާއެކު ބަލާލުމުގެ މަގުފަހިކޮށްދިނުމަށް ކަމަށެވެ.

"އުރީދޫ މޯލްޑިވްސް ގެ މި ޕަރޓްނާޝިޕްގެ ދަށުން ގިން ފަރާތްތަކަކަށް މީޑިއާނެޓް މެދުވެރިކޮށް ބައްލަވާލެވޭ ހުރިހާ ޓީވީ ޗެނަލްތަކަކާއި ފަހުގެ ފިލްމްތަކާއި ސީރީޒްތައް އެމްއެސް އެޕް މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މިހާރު ބަލާލެވޭނެ. ސާފް ޗެމްޕިއަންޝިޕްގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް އީޕީއެލް އަދި ލަލީގާ އައިސް ޓީވީ އަދި އައިސް ސްޕޯޓްސް މެދުވެރިކޮށް ބަލާލެވޭނެ. މީގެ އިތުރުން ހަމައެކަނި އެމްއެސް އެޕް މެދުވެރިކޮށް ބަލާލެވޭ މީޑިއާނެޓް ގެ އުފެއްދުންނތައްވެސް ކޮންމެތާކު ކޮންމެވަގުތެއްގައިވެސް ބަލާލެވޭނެ،" ތާއިމް ވިދާޅުވިއެވެ.

މަލްޓި ސްކްރީން އެޕަކީ ހަބަރާއި މުނިފޫހިފިލުމުގެ އެތަކެއް ޕްރޮގްރާމްތަކާއި ޗެނަލްތައް ފޯނު، ޓެބްލެޓް އަދި ޓީވީ މެދުވެރިކޮށްވެސް ބަލާލެވޭ ޕްލެޓްފޯމެކެވެ. އާއިލާ އާއި ރައްޓެހިންނާއި އެކު އެއް ޑިވައިސްއަކުން ނުވަތަ ވަކިންވެސް އެންމެ މަގުބޫލު ޕްރޮގްރާމްތައް ބަލާލެވޭނެއެވެ.

އުރީދޫ ފްލިކްސް، އާޗާ ޕޯސްޓްޕެއިޑް، އާޗާ ޕްރިޕެއިޑް އަދި ސުޕަނެޓްގެ ޚިދުމަތް http://ore.do/app އަށް ޒިޔާރަތްކޮށްލުމުން ލިބޭނެއެވެ. އިތުރު މައުލޫމާތު http://ore.do/saff އަށް ޒިޔާރަތްކޮށްލުމުން ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355