twitterviber whatsapp telegramfacebookyoutube instagram
18th May 2024

ރައީސް ކްރިކެޓް ޕްލެޔާސް ލައުންޖު ހުޅުވައިދެއްވައިފި

ނަބީލާ އިސްމާޢީލް
Oct 9, 2021

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މާލެ ކުޅިވަރު އެކުވެނި އިންޑޯ ހޯލްގައި، ޕްލެޔާސް ލައުންޖު ހުޅުވައިދެއްވައި "ހިތާރޫޙުން ކުޅޭށެ ކުރިކެޓް" ލޯގޯ އަދި އިންޑޯ ކުރިކެޓް އިފްތިތާހް ކޮށްދެއްވައިފިއެވެ.

ޕްލެޔާސް ލައުންޖު ހުޅުވައިދެއްވުމަށް ރައީސް ސޯލިހު ވަނީ އެތަން ބައްލަވައިލައްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސްއާއި މިލާން ކުރިކެޓް އެކަޑަމީގެ ކޯފައުންޑާ އަދި އެ އެކަޑަމީގެ ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޕްލެޔާސް ލައުންޖަކީ ރާއްޖޭގެ އެންމެ ދުވަސްވީ ކުރިކެޓް އެކަޑަމީ ކަމުގައިވާ މިލާން ކުރިކެޓް އެކަޑަމީގެ ފަރާތުން 'ޖަލީލް މާލަމް' ގެ ނަމުގައި ތަރައްގީކޮށް ކުރިކެޓް ބޯޑަށް ހަދިޔާކުރި ލައުންޖެކެވެ.

މި ރަސްމިއްޔާތުގައި، ރާއްޖޭގައި އިންޑޯ ކުރިކެޓް އިފްތިތާހް ކުރުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗްގައި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ކުޅުއްވީ "ޕްރެޒިޑެންޓް އިލެވަން" ޓީމަށެވެ. އަދި ނައިބު ރައީސް ކުޅުއްވީ "ވައިސް ޕްރެޒިޑެންޓް އިލެވަން" ޓީމަށެވެ.

ރާއްޖޭގައި ކުޅުނު ފުރަތަމަ އިންޑޯ މެޗް ކާމިޔާކުރީ ނައިބު ރައީސްގެ ކެޕްޓަންކަމުގައި ކުޅުނު "ވައިސް ޕްރެޒިޑެންޓް އިލެވަން" ޓީމުންނެވެ. އެ ޓީމުން 10 އޯވަރުގެ ތެރޭގައި 89 ލަނޑު ހަދާފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ ކެޕްޓަންކަމުގައި ކުޅުނު ޓީމުން 12 އޯވަރުގެ ތެރޭގައި ހެދުނީ 85 ލަނޑެވެ.

މި މެޗަށްފަހު ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އާއި އެމަކުފާނުގެ ނައިބަށް ވަނީ 'ހިތާ ރޫހުން ކުޅޭށެ ކުރިކެޓް'ގެ ލޯގޯ ވެދުމަށް އަރުވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355