twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީގައި ފްރެންޗައިޒް ރެސްޓޯރެންޓެއް ހުޅުވައިފި

Oct 11, 2021
1

ކުޅުދުއްފުށި ސިޓީގައި "މަންނާމު" ކެފޭ/ ރެސްޓޯރެންޓެއް ހުޅުވައިފި އެވެ. މިއީ މި ސިޓީގައި ފްރެންޗައިޒް ރެސްޓޯރެންޓް ހުޅުވި ފުރަތަމަ ފަހަރެވެ.

އޯތެންޓިކް އިންޑިޔާ-އަރަބި ރަހަތަކަށް ހާއްސަކޮށް ހުޅުވި މި ރެސްޓޯރެންޓް ހުޅުވައިދެއްވީ މިރޭ ބޭއްވި ހަފުލާއެއްގައި މޭޔަރު މުހައްމަދު އާތިފެވެ.

ޓޭކްއަވޭއަށް ހާއްސަކޮށް ހުޅުވި މި ކެފޭގައި އިންޑިޔާ-އަރަބި ގިނަ ރަހަތަކެއްގެ ކެއުންތައް ލިބެން ހުރެ އެވެ. މަންނާމުން ބުނީ ވިޔަފާރިއަށް ބެލުމަށްފަހު ކުރިއަށް އޮތްތަނުގައި ޖާގަ ބޮޑު ރެސްޓޯރެންޓެއް ހުޅުވާނެ ކަމަށެވެ.

މަންނާމުގެ ފަސް އައުޓްލެޓެއް އިންޑިޔާގައި ހުޅުވާފައިވާއިރު މިއީ އެ ތަނުގެ 6 ވަނަ އައުޓްލެޓެވެ. މިތަން ހުންނާނީ މަގާމްމަގުގެ އިރުމަތިކޮޅު، ދުންފިނިގޭގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355