twitterviber whatsapp telegramfacebookyoutube instagram
20th August 2026

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ބާއްވާ ޓްރައިތްލޯންގައި ބައިވެރިވާން ހުޅުވާލައިފި

ޚަދީޖާ އާދަމް
Oct 12, 2021
1

މިއަހަރުގެ ޒުވާނުންގެ ދުވަސް ގައުމީ ފެންވަރުގައި ކުޅުުދުއްފުށީގައި ފާހަގަކުރަން ހަމަޖެހިފައިވާއިރު ކައުންސިލުން ދަނީ އެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވުމަށް ހުޅުވާލަމުންނެވެ.

އެގޮތުން ބީޗް ގޭމްސް ރާވާފައިވާއިރު މި އިވެންޓުގެ ތެރެއިން 3 މުބާރާތަކަށް ބައިވެރިވުމަށް ވަނީ ހުޅުވާލާފައެވެ. އަދި މީގެ އިތުރުން އިއްޔެވަނީ ޓްރައިތްލޯން މުބާރާތެއް އިއުލާންކޮށް ބައިވެރިވުމަށް ހުޅުވާލާފައެެވެ.

ކައުންސިލުން ބުނީ މި މުބާރާތް އޮންނާނީ މިމަހު 18 ވަނަ ދުވަހުގެ ކަމަށާއި ޓީމް އިވެންޓުގޮތަށް ކުރިއަށް ދާ މި ހަރަކާތުގައި އޮންނާނީ ދުވުމާއި، ފެތުމާއި، ބައިސްކަލް ބުރެކެވެ. ހަރަކާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 14 އޮކްޓޯބަރުގެ 16:00 އެވެ.

މީގެ ކުރިން ކައުންސިލުން ބުނެފައިވަނީ ޒުވާނުންގެ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ބައިވެރިވާނެކަމަށާއި އެ ދުވަހުގެ ހަރަކާތްތައް އޮކްޓޫބަރުމަހުގެ 23 ހަމައަށް ކުރިއަށްދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355