twitterviber whatsapp telegramfacebookyoutube instagram
3rd July 2026

1 ހޮސްޕިޓަލަކަށާއި 10 މަރުކަޒަކަށް 32 ނަރުހުން ހޯދަން އިއުލާންކޮށްފި

މުޙައްމަދު އަހުމަދު
Oct 12, 2021

1 ހޮސްޕިޓަލަކަށާއި 10 މަރުކަޒަކަށް 32 ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ. މިއީ ބިދޭސީ މުވައްޒަފުންގެ ބަދަލުގައި ދިވެހި މުވައްޒަފުން ހޯދަން ކޮށްފައިވާ އިއުލާނެކެވެ.

ނަރުހުންގެ ވަޒީފާއަށް ކުރިމަތިލާން ހުޅުވާލަފައިވާ ކެޓަގަރީތަކަކީ ރެޖިސްޓަރޑް ނާސް، ސީނިއަރ ރެޖިސްޓަރޑް ނާސް އަދި ކްލިނިކަލް ނާސް އެވެ.

މަގާމްގެ ކްލެސިފިކޭޝަންގެ ގޮތުގައި ނާސިން ޕްރޮފެޝަނަލް ކަނޑައަޅާފައިވާއިރު ހުޅުވާލަފައިވަނީ 32 ނަރުހުން ހޯދުމަށެވެ. އެއީ ދާއިމީ ކޮށެވެ.

މިވަޒީފާތަކަށް ހުޅުވާލައިފައިވާ ތަންތަނަކީ:

  • ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
  • ފިނޭ ސިއްހީ މަރުކަޒު
  • ވައިކަރަދޫ ސިއްހީ މަރުކަޒު
  • ހިރިމަރަދޫ ސިއްހީ މަރުކަޒު
  • ނޮޅިވަރަންފަރު ސިއްހީ މަރުކަޒު
  • މަކުނުދޫ ސިއްހީ މަރުކަޒު
  • ކުމުންދޫ ސިއްހީ މަރުކަޒު
  • ނޮޅިވަރަމް ސިއްހީ މަރުކަޒު
  • ނެއްލައިދޫ ސިއްހީ މަރުކަޒު
  • ނޭކުރަންދޫ ސިއްހީ މަރުކަޒު
  • ހަނިމާދޫ ސިއްހީ މަރުކަޒު

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 19 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އިއުލާން ކުރެވިފައިވާ ހޮސްޕިޓަލަށާއި ސިއްޙީ މަރުކަޒުތަކަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355