twitterviber whatsapp telegramfacebookyoutube instagram
25th June 2026

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ބާއްވާ ރޯޑް ކިންގް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި

މުޙައްމަދު އަހުމަދު
Oct 12, 2021
1

މިއަހަރުގެ ޒުވާނުންގެ ދުވަސް ގައުމީ ފެންވަރުގައި ކުޅުުދުއްފުށީގައި ފާހަގަކުރަން ހަމަޖެހިފައިވާއިރު ކައުންސިލުން ދަނީ އެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވުމަށް ހުޅުވާލަމުންނެވެ.

އެގޮތުން ޒުވާނުންގެ ދުވަހާ ގުޅުވައިގެން ބާއްވާ ރޯޑް ކިންގް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި އެވެ. ކައުންސިލުން ބުނީ މި މުބާރާތް އޮންނާނީ މިމަހު 23 ވަނަ ދުވަހު ކަމަށެވެ.

ރޯޑް ކިންގް ޗެމްޕިއަންޝިޕްގައި ހިމެނޭ ކެޓަގަރީތަކަކީ 125 ސީސީން 150 ސީސީއާ ހަމައަށް ޑްރެގް ރޭސް އިވެންޓްތަކެވެ. މި ޗެމްޕިއަންޝިޕްގައި އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 17 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355