twitterviber whatsapp telegramfacebookyoutube instagram
19th May 2026

އަތޮޅުތަކަށް ފޮނުވުމަށް އިތުރު 20 އެމްބިއުލާންސް ގެނެސްފި

ނަބީލާ އިސްމާޢީލް
Oct 14, 2021

ސަރުކާރުން އަތޮޅުތަކަށް ފޮނުވުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް އިތުރު 20 އެމްބިއުލާންސް ގެނެސްފި އެވެ.

އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގައާއި ސިއްހީ މަރުކަޒުތަކުގައި އެމްބިއުލާންސް ނެތުމާ ގުޅިގެން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ފިނޭންސްމިނިސްޓްރީއާއި އެސްޓީއޯއާއެކު، ހެލްތުން މިނިސްޓްރީން ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެސްޓީއޯ އިން ވަނީ އޭގެތެރެއިން އިތުރު 20 އެމްބިއުލާންސް އިއްޔެ މާލެ ގެނެސްފައެވެ. މިއަހަރު ނިމުމުގެ ކުރިން 60 އެމްބިއުލާންސް ރާއްޖެ ގެނެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެމްބިއުލާންސް ގެނެވި، އަތޮޅުތެރޭގައި ދެވޭ ހިދުމަތް ފުޅާކުރެވުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީ ކުއްލިފަރުވާ ފަސޭހަކަމާއެކު ދެވިގެންދާނެ ކަމަށް މިނިސްޓަރ ނަސީމް ވަނީ ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355