twitterviber whatsapp telegramfacebookyoutube instagram
28th June 2026

ނޭޕާލް ބަލިކޮށް އިންޑިއާ ދެކުނު އޭޝިއާގެ ރަސްކަމަށް

މުޙައްމަދު އަހުމަދު
Oct 17, 2021

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި މިރޭ ނޭޕާލް ކޮޅަށް 3 ލަނޑު ޖަހާ އިންޑިއާއިން ސާފްގެ ތަށި އަށްވަނަ ފަހަރަށް ހިއްލާލައިފި އެވެ.

މިރޭގެ ފައިނަލަކީ އިންޑިއާ އިން މި މުބާރާތުގައި ކުޅުނު 12 ވަނަ ފައިނަލެވެ. އަދި ރޭގެ ފައިނަލަކީ ނޭޕާލުން ކުޅުނު ފުރަތަމަ ފައިނަލެވެ.

އިންޑިއާއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި މީ 8 ވަނަ ފަހަރެވެ. 1993، 1997، 1999، 2005، 2009، 2011، 2015 އަދި 2021 ގަ އެވެ. އިންޑިއާ ފައިނަލުގައި ބަލިވީ 2008 އާއި 2018، 1995 އަދި 2013 ގަ އެވެ.

އިންޑިއާގެ ފުރަތަމަ ލަނޑު މެޗުގެ 49 ވަނަ މިނިޓްގައި ޕްރިތަމް ނެގި ހުރަހަކުން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރީ ކެޕްޓަން ސުނިލް ޗެތްރީ އެވެ. އެ ލަނޑު ޖެހިތާ މިނެޓެއް ވެސް ނުވަނީސް އިންޑިއާއިން ވަނީ ދެވަނަ ލަނޑެއް ޖަހާފަ އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސުރޭޝް ސިންގް އެވެ.

އިންޑިއާގެ ފަހު ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޝަހާލް އަބްދުލް ސަމަދު އެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ހޯދިއިރު މުބާރާތުގެ ފެއާޕްލޭ ޓީމުގެ މަގާމު ލިބުނީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355