twitterviber whatsapp telegramfacebookyoutube instagram
19th June 2026

ކޮންމެ އަހަރަކު ފުޓްބޯޅައިގެ އިންވިޓޭޝަނަލް މުބާރާތެއް ބާއްވަން މަސައްކަތް ކުރާނަން: މަހްލޫފް

މުޙައްމަދު އަހުމަދު
Oct 17, 2021

ކޮންމެ އަހަރަކު ފުޓްބޯޅައިގެ އިންވިޓޭޝަނަލް މުބާރާތެއް ބާއްވަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ލަފާދެއްވާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މި ފަހަރުގެ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު ހީނުކުރާ ވަރަށް ފުޓްބޯޅަ ފޯރި އަރާފައިވާ ކަމަށް މިނިސްޓަރު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ރޭ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި 3 - 0 ން ނޭޕާލް ބަލިކޮށް އިންޑިއާއިން ތަށި ހިއްލާލި ރަސްމިއްޔާތަށް ފަހު ދެއްވި އިންޓަވިއުއެއްގައި އެވެ.

އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުން ފެށިގެން އަޅުގަނޑާއި ބައްސާމް އެކަމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ދާނެކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ. އަދި މިއަދުގެ ސަރުކާރުގެ ވިސްނުމަކީ ވީހާ ވެސް ގިނައިން އެކި ކުޅިވަރުތަކުން އިންޓަނޭޝަނަލް މުބާރާތް ބޭއްވުންކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ އަންނަ މަހު ލަންކާގައި ފޯ ނޭޝަންސް މުބާރާތް ފަށާއިރު ރާއްޖޭގައި މި އޮތް ފުޓްބޯޅައިގެ ފޯރި ނުކެނޑި ގައުމީ ޓީމާ އެކު ވަރަށް ބާރަށް ކުރިއަށް ދާން އެބަޖެހޭ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355