twitterviber whatsapp telegramfacebookyoutube instagram
3rd May 2026

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް އުދައެރުން އެކަށީގެންވޭ

ޚަދީޖާ އާދަމް
Oct 18, 2021

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ފަތިހު 4:30 އިން ފެށިގެން ހެނދުނު 10 އަކާއި ހަމައަށް ވައިޓް އެލަރޓްވެސް ނެރެފައެވެ.

މިއަދުވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭ އެކި ހިސާބުތަކަށް ގުގުރުމާއި އެކު ވިއްސާރަކޮށް ބައެއް ރަށްތަކަށް ވައިގަދަވެ ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މި ވަގުތުތަކުގައި ގަޑިއަކު 22 މޭލާއި، 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.

މެޓުން ބުނީ ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 3 ފޫޓައި 7 ފޫޓާއި ދެމެދުގައިކަމަށާއި އެހެން ކަމުން ބައެއް ރަށްތަކަށް އުދައެރުން އެކަށިގެންވާކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355