twitterviber whatsapp telegramfacebookyoutube instagram
4th December 2025

ފަހަތުން އަރާ ވެލެންސިއާ ބަލިކޮށް ބާސާއަށް މުހިންމު މޮޅެއް

މުޙައްމަދު އަހުމަދު
Oct 18, 2021

ލަލީގާގައި ރޭ ބާސެލޯނާއިން ފަހަތުން އަރައި 3 - 1 ން ވެލެންސިއާ ބަލިކޮށް ލީގުގައި މުހިންމު މޮޅެއް ހޯދައިފި އެވެ.

ރޭގެ މެޗު ފަށައިގެން ފަސް ވަނަ މިނެޓްގައި ވެލެންސިއާއިން ލީޑު ނެގި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހޯސޭ ގާޔާ އެވެ. އެހެންނަމަވެސް މެޗުގެ 13 ވަނަ މިނިޓްގައި އަންސޫ ފާޓީ ޖަހައިދިން ލަނޑާއެކު ބާސާއިން އެއްވަރުކުރި އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ފާޓީ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ޑިޕާއި ވަނީ ބާސެލޯނާ އަށް މެޗުގައި ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނަގައިދީފަ އެވެ.

މެޗުގެ 85 ވަނަ މިނިޓްގައި ބާސެލޯނާގެ ތިން ވަނަ ގޯލު ޖަހައިދިނީ ފިލިޕް ކުޓީނިއޯ އެވެ.

ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ ފުރަތަމަ މެޗުން މި ގޮތަށް މޮޅުވުމުން ޓީމުގެ ކޮންފިޑެންސް ރަނގަޅުވާނެ ކަމަށެވެ. އޭނާ އެހެންބުނެފައިވަނީ ބާސާއަށް ޖެހިޖެހިގެން 3 މެޗު އަމިއްލަ ދަނޑުގައި ކުޅެން ޖެހިފައިވާއިރު އޭގެ ތެރެއިން ފުރަތަމަ މެޗުން މޮޅުވުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355