twitterviber whatsapp telegramfacebookyoutube instagram
13th February 2026

ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަނީ

ޚަދީޖާ އާދަމް
Oct 21, 2021
3

ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުކުޅަހު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ މަސައްކަތް މި ހަފްތާ ތެރޭގައި ކުރަމުން ދިޔައިރު ޑޮކްޓަރުންނާއީ މުދައްރިސުންގެ މުސާރަ ބޮޑުކުރަން ނިންމައިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކޮލިޓީ ރަނގަޅު މޮޅެތި ޑޮކްޓަރުން ލިބުމަށް ދަތިވަނީ ރާއްޖޭގައި ލިބޭ މުސާރަ ކުޑަކަމުން ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ސްޕެޝަލިސްޓަކަށް ދެނީ 3000 ޑޮލަރު ކަމަށާއި އެއީ މި ސަރަހައްދުގައި ވެސް އެންމެ ކުޑަ މުސާރަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355