twitterviber whatsapp telegramfacebookyoutube instagram
1st November 2026

ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ، ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަންނަވަނީ

އަބްދުލް ވާހިދު ޙަސަން
Oct 22, 2021
1

ޒުވާނުންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ކުޅުދުއްފުށި ސިޓީގައި ފެށިގެން ކުރިއަށްދާއިރު ދުވަހާ ގުޅޭ ރަސްމީ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާނެކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައިފި އެވެ.

ޔޫތު މިނިސްޓްރީ އާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ގިނަ ހަރަކާތްތަކެއް ކުޅުދުއްފުށީގައި ކުރިއަށްދާއިރު އެންމެ ފަހު ހަރަކާތްތަކެއްގެ ގޮތުގައި އޮންނާނީ ދުވަހުގެ ރަސްމީ ޖަލްސާ އެވެ.

ސިޓީ ކައުންސިލުން ބުނީ ޒުވާނުން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ބައިވެރިވަޑައިގަތުމަށް މާދަމާ މެންދުރުފަހު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ޓާފް އަޅައިގެން މިރަށުގައި ހެދި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުވެސް ރައީސް ބައިވެރިވެޑައިގަންނަވާނެ އެވެ.

ދަނޑު ހުޅުވުމުގެ ގޮތުން ގައުމީ ޓީމާއި ކުޅުދުއްފުށިން ހޮވާލެވޭ ޓީމެއް ފުޓްބޯޅަ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ 23 ވަނަ ދުވަހު ރޭގަނޑު ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އެވެ. މި ރަސްމިއްޔާތުގައި ޒުވާނުންގެ ދުވަހުގެ ހާއްސަ އިނާމުވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293