twitterviber whatsapp telegramfacebookyoutube instagram
21st August 2025

ނޮޅިވަރަމް ޕްރީ ސްކޫލުގެ ކިޔެވުން އަލުން ފަށައިފި

ނަބީލާ އިސްމާޢީލް
Oct 23, 2021
1

ރަށުތެރޭގައި ރޯގާ ބާރުވުމުގެ ސަބަބުން ހދ. ނޮޅިވަރަމް ކައުންސިލުން ހިންގާ އެރަށު ޕްރީ ސްކޫލުގެ ކިޔެވުން ބަންދުކޮށްފަ އޮންނަތާ 2 މަސްފަހުން އަލުން މާދަމާއިންފެށިގެން ކިޔަވައިދޭން ނިންމައިފި އެވެ.

ނޮޅިވަރަމް ކައުންސިލުން ބުނީ ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ޑޮކްޓަރެއްގެ ލަފާގެ މަތިން ދަރިވަރުން ސްކޫލަށް ފޮނުވުމަށް އެދޭކަމަށާއި ކުދިން ސްކޫލަށް ފޮނުވާއިރު ދެވަނަ މާސްކެއް ކުދިން އަތަށްދީފައި ފޮނުވުން އެދޭކަމަށެވެ.

ރަށުތެރޭގައި ރޯގާބާރުވެ، އެ ސްކޫލަށް ހާޒިރުވާ ދަރިވަރުންގެ އަދަދު މަދުވުމުގެ ސަބަބުން އެރަށު ޕްރީ ސްކޫލު ކިއެވުން މެދުކަނޑާލާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. އެއިރު ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވަނީ ސްކޫލު ބަންދުކުރީ 1 ހަފުތާއަށެވެ.

ނަމަވެސް އެރަށުގައި ކޮވިޑް ޕޮޒިޓިވް ކޭސްތަކެއް ފެނި ރަށުގެ ހާލަތު އިންތިހާއަށް ގޯސްވުމުގެ ސަބަބުބް ސްކޫލުތަކުގެ ކިޔެވުން ނުފަށާ އޮތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355