ޓާފް އަޅައިގެން ތަރައްގީކޮށް މިއަދު ރަސްމީކޮށް ހުޅުވި ކުޅުދުއްފުށި، ޒިގްޒެގް ދަނޑު ހުޅުވީ މަސައްކަތް އެއްކޮށް ނިންމާނުލެވިކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ޒިގްޒެގް ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ދަނޑު ރަސްމީކޮށް ހުޅުވި ނަމަވެސް ދަނޑުގެ މަސައްކަތް އެއްކޮށް ނިމިފައިނުވާ ކަމަށެވެ. އެގޮތުން ފެންސް ޖެހުމުގެ މަސައްކަތް ނުނިމޭކަން ފާހަގަކުރައްވަމުން ވިދާޅުވީ އެ މަސައްކަތް ބަޔަކާ ހަވާލުކުރެވި ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން ދަނޑުގެ އެހެން ބައެއް ކަންކަން ކުރަމުންދާއިރު ރައީސްގެ އެދިލެއްވުމަށް ވަރަށް އަވަހަށް ދަނޑުގައި ލައިޓް ހަރުކުރުމާއި ރޮސްޓްރަމް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް މަހުލޫފް ވިދާޅުވި އެވެ.
މިދަނޑުގެ މަސައްކަތްކުރާތާ އަހަރަކާ ގާތްވެފައިވާއިރު މަސައްކަތް ނުނިމި ދިގުލައި ދިޔުމުން ޒުވާނުންގެ ހިތްހަމަނުޖެހުން އޮތީ ބޮޑުވެފަ އެވެ. ޒުވާނުންގެ ދުވަހާ ގުޅުވާ އަވަސް އަރުވާލާފައި ޓާފް އެޅި މިދަނޑު ހުޅުވައިދެއްވީ މިއަދު ހަވީރު އެކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
މި ދަނޑު ހުޅުވުމުގެ ގޮތުން ކުޅުދުއްފުށިން ހޮވާލެވުނު ޓީމަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހާއްސަ މެޗެއް އޮތެވެ. ދަނޑު ހުޅުވުމަށްފަހު ކުޅުނު މި އެކުވެރިކަމުގެ ފުޓްބޯޅަ މެޗްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވި އެވެ. މި މެޗް 6 ލަނޑު ސުންލަނޑުން ކާމިޔާބުކުރީ ގައުމީ ޓީމެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދަނޑު ހުޅުވައިދެއްވީ ކުޅުދުއްފުށި ސިޓީގައި މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައެވެ. އަދި
ކުޅުދުއްފުށި ސިޓީގެ ކުރީގެ ފުޓްބޯޅަ ދަނޑު ޓާފް އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައި ވާއިރު، ދަނޑުގެ ސަބްބޭސް ގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރުކޭއެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ޓާފް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމަންޓާއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށި ސިޓީއަށް ކުރައްވާ މި ދަތުރުފުޅަކީ ޒުވާނުންގެ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބެރިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.