މި އަހަރުގެ ޒުވާނުންގެ އެވޯޑް ކުޅުދުއްފުށީގެ 3 ޒުވާނުންނާއި އެކު 10 މީހަކަށް ސަރުކާރުން ދީފިއެވެ.
އެ ދިހަ މީހުނަށް އެވޯޑް ހަވާލުކޮށްފައިވަނީ, ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީ ސިޓީގައި ރޭ ބޭއްވި ޖަލްސާގަ އެވެ. އެ ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފައިވަނީ, ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.
އެވޯޑް ހާސިލްކުރި މީހުން:
- އާޓް އަދި ފަންނުވެރިކަމުގެ ދާއިރާއިން - ނާޒިމް ހަސަން (ކޯނާ، ކުޅުދުއްފުށި)
- ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ދާއިރާއިން - އަފާ ހުސައިން (ޕާކް، ކުޅުދުއްފުށި)
- ދަރުމައަށް މަސައްކަތްކުރުމުގެ ދާއިރާއިން - އައިޝަތު ތޯއިފާ (ޓޯޓަލްގެ، ކުޅުދުއްފުށި)
- މަސްވެރިކަމުގެ ދާއިރާއިން - އަބްދުﷲ ޔަމާން (ގުރުވަ، ލ.ގަން ތުނޑި)
- ވިޔަފާރިއާއި އިގްތިސޯދުގެ ދާއިރާއިން - އަރުޝަދު އަހުމާދު (ފަހިވާ، ހއ. އުލިގަން)
- ކުޅިވަރަށް ހިދުމަތްކުރުމުގެ ދާއިރާއިން - އަހުމަދު އަބްދުލްކަރީމް (ތިބުރޯޒުގެ، ވ. ކެޔޮދޫ)
- ދަނޑުވެރިކަމުގެ ދާއިރާއިން - އަލީ ފަވާޒް (މިލާޒް، އއ. ތޮއްޑޫ)
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތް ކުރުމުގެ ދާއިރާއިން - މަރިޔަމް ސަހުދާ (ދަފްތަރު ނަންބަރު ރސ 4356).
- ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމުގެ ދާއިރާއިން - ހަސަން ފަރުހާން މުހައްމަދު (މ. މިޓްރީޕާރކް، މާލޭ ސިޓީ).
- ދިވެހިބަހާއި ސަގާފަތަށް ހިދުމަތްކުރުމުގެ ދާއިރާއިން - އިއްޒަތު އަހުމަދު ނިޒާރު (ސެލްވިން، ހދ. މަކުނުދޫ)
ދަރުމައަށް މަސައްކަތްކުރުމުގެ ދާއިރާއިން އެވޯޑް ހާސިލްކުރި- އައިޝަތު ތޯއިފާ (ޓޯޓަލްގެ، ކުޅުދުއްފުށި)
ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ދާއިރާއިން އެވޯޑް ހާސިލްކުރި- އަފާ ހުސައިން (ޕާކް، ކުޅުދުއްފުށި)
އާޓް އަދި ފަންނުވެރިކަމުގެ ދާއިރާއިން އެވޯޑު ހާސިލްކުރި- ނާޒިމް ހަސަން (ކޯނާ، ކުޅުދުއްފުށި)
ޒުވާނުންނަށް އެވޯޑު ހަވާލުކުރުމަށްފަހު ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, ގައުމުގެ ތަރައްގީގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް ސަރުކާރުން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ، މަސައްކަތުގެ ހުނަރު ދަސްކޮށްދީ ވަޒީފާގެ ބާޒާރަށް ޒުވާނުން ނެރުމަށްޓަކައި، މިއަހަރު ފަށައިގެން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކަމަށެވެ.
އެ ޕްރޮގްރާމްގެ ދަށުން ދެ ކުންފުންޏަކަށް 19 ޒުވާނުން ތަމްރީންކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ, އިތުރު ކުންފުނިތަކާ މަޝްވަރާކޮށް ކުރިމަތިލި ޒުވާނުން ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ޒުވާނުންގެ އެވޯޑް ލިބުނު މީހަކަށް ރައީސް އެވޯޑް ހަވާލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް
ޒުވާނުންގެ އެވޯޑް ލިބުނު މީހަކަށް ރައީސް އެވޯޑް ހަވާލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް
ޒުވާނުންގެ އެވޯޑް ލިބުނު މީހަކަށް ރައީސް އެވޯޑް ހަވާލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް
ޒުވާނުންގެ އެވޯޑް ލިބުނު މީހަކަށް ރައީސް އެވޯޑް ހަވާލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް
ޒުވާނުންގެ އެވޯޑަކީ އެކި ދާއިރާތަކުން ޒުވާނުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރަން ސަރުކާރުން ދޭ އެވޯޑެކެވެ.