twitterviber whatsapp telegramfacebookyoutube instagram
20th March 2026

އެކްސްޕޯ2020 ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ދުބާއީއަށް

Oct 24, 2021

ދުބާއީގައި އޮންނަ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ދުބާއީއަށް ފުރާވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން ފުރާވަޑައިގަތީ މިއަދު ހަވީރެވެ. މި ރަސްމީ ދަތުރުފުޅަކީ މުހިންމު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން އެކްސްޕޯގައި ރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުރުމަށް ވަނީ ނިންމާފައެވެ.

ރައީސް އެ ހަފްލާގައި ވާހަކަފުޅުދެއްކެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެއާއެކު ރައީސްގެ ދެކަނބަލުންނަށް ޔޫއޭއީގެ ސަރުކާރުން ދޭ ޖާފަތެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން އަންގާރަ ދުވަހު އޮންނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ކީނޯޓް ސްޕީކާއެއްގެ ހައިސިއްޔަތުން ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ދިރިއުޅޭ ރާއްޖޭގެ ޑިޕްލޮމެޓުންނާއި ރާއްޖޭގެ އާއިލާތަކާވެސް ބައްދަލު ކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355