twitterviber whatsapp telegramfacebookyoutube instagram
6th December 2021

އުތުރު ތިލަފަޅުގެ އެއްބަސްވުން 241 ކޮމިޓީއާ ހިއްސާކޮށްފި

Oct 24, 2021

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ ގެ މެމްބަރުންނަށް އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ އަސްލު ހިއްސާކޮށްފި އެވެ.

އެ އެއްބަސްވުން މެމްބަރުންނަށް ހާމަކޮށްފައިވަނީ މިއަދު މަޖިލީހުގެ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައެވެ.

"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވީ މިއަދު އޮތް ކޮމިޓީގެ ބައްދަލުވުމުގައި އެ އެއްްބަސްވުން ހުރިހާ މެމްބަރުންނަށް ވެސް ދެއްކިކަމަަށެވެ.

ކޮންމެ މެމްބަރަކަށް ވެސް އެއްބަސްވުން ކިޔަން ފުރުސަތު ލިބުނުކަމަށާއި އަދި އެއްވެސް ކަންބޮޑުވުމެއް ވާނަމަ އެ ކަންބޮޑުވުން ހިއްސާކުރުމަށް ވެސް ފުރުސަތު ދިންކަމަށް އޭނާ ވިދާޅުވިއެވެ.

ބައްދަލުވުމުގެ ތެރެއިން އެއްބަސްވުމުގެ މައުލޫމާތު ހިއްސާކުރުމުގެ ގޮތުން މެމްބަރުންނަށް ހާއްސަ ޕްރެޒެންޓޭޝަނެއް ވެސް ވަނީ ހުށަހަޅައިފައެެވެ.

މިއަދު އޮތް 241 ކޮމިޓީގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ފަރާތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355