twitterviber whatsapp telegramfacebookyoutube instagram
5th January 2026

ކޮމިޓީތަކުގައި ހުރި ބިލްތައް އަވަސްކުރުމަށް އެދިވަޑައިގެންފި

Oct 25, 2021

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ހުރި ބިލްތަކުގެ މަސައްކަތްތައް އަވަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ ކޮމިޓީތަކުގައި މިހާރުވެސް 33 ބިލެއްގެ މަސައްކަތް ނުނިމި އެބައޮތެވެ. އެ ބިލްތަކުގެ ތަފްސީލް ރައީސް ނަޝީދު މިއަދު ވަނީ ހިއްސާކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދައުރަށް 32 ބިލެއް ސަރުކާރުން ވަނީ މަޖިލީހަށް ހުށަހެޅުމަށް ނިންމާފަ އެވެ. އެގޮތުން ޝަރުއީ، ގާނޫނީ، އިޖުތިމާއީ، އިގްތިސާދީ އަދި ތިމާވެށީގެ ދާއިރާއާ ގުޅޭ ބިލްތައް ހިމެނެ އެވެ. ސަރުކާރުން ބިލްތައް ނުފޮނުވައިގެން ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބިލްތައް ފޮނުވުން ލަސްވާ މައްސަލާގައި ސުވާލުކުރުމުން ބިލްތައް މަޖިލީހަށް ފޮނުވުން ލަސްވެފައިވާ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އިދާރާތަކުން ބުނެ އެވެ.

މީގެ ކުރިން މަޖިލީހުގެ ކޮމިޓީ ތަކުގައި ގިނަ މަސައްކަތްތަކެއް ފުނިޖެހިފައިވާތީ މަސައްކަތްތައް އަވަސް ކޮށްދިނުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ ދެ ފަހަރެއްގެ މަތިން އެދިވަޑައިގެންފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355