twitterviber whatsapp telegramfacebookyoutube instagram
12th August 2026

ފަތުރުވެރިކަން ތަރައްގީކުރުމަށް ކުޑަފަރުފަސްގަނޑު ދޫކުރަން ނިންމައިފި

މުޙައްމަދު އަހުމަދު
Oct 26, 2021

ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން ޓޫރިސްޓް ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

އެގޮތުން ހދ. ކުޑަފަރުފަސްގަނޑު ވަނީ ފަތުރުވެރިކަން ތަރައްގީކުރުމަށް 3 ވަނަ މަރުހަލާގައި ދޫކުރާ ރަށްތަކުގެ ތެރޭގައި ހިމަނާފަ އެވެ.

މިއިއުލާނުގައިވަނީ ކުޑަފަރުފަސްގަނޑުގެ އަންދާޒާކުރެވޭ ސައިޒަކީ 1.20 ހެކްޓަރު ކަމަށެވެ. އަދި ކުޑަފަރުފަސްގަނޑަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފައިވަނީ 27 ފެބުރުއަރީ 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގެ ނިޔަލަށެވެ.

މީގެއިތުރުން ހއ އަތޮޅުން އަލިދުއްފަރުފިނޮޅާއި މެދަފުށީގެ އިތުރުން ށ އަތޮޅުން ކުޑަޅައިމެންދޫ ވެސް ވަނީ މިލިސްޓްގައި ހިމަނާފަ އެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 04 ނޮވެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އަދި 20 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އޮތްކަން އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.

މި އިއުލާނާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 21 ފެބުރުއަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އެމިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުމަށް އެމިނިސްޓްރީން ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355