twitterviber whatsapp telegramfacebookyoutube instagram
3rd November 2025

އެޗްއާރުސީއެމްގެ ރައީސްއަށާއި ނައިބަށް މަޖިލީހުން ރުހުން ދީފި

Oct 27, 2021

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސްކަމަށް މަރިޔަމް މުނާ އަދި ނާއިބު ރައީސް ކަަމަށް ޑރ. އަހްމަދު އަދުހަމް އަބްދުﷲ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

ދެ ބޭފުޅުންނަށް މަގާމަށް އައްޔަނުކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ފާސްކުރީ މިމަހުގެ 13 ވަނަ ދުވަހު އެވެ. ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރުމަށް މިއަދު ނެގި ވޯޓުގައި މުނާއަށް 47 މެމްބަރުން އަދި އަދުހަމަށް 46 މެމްބަރުން ވޯޓު ދެއްވި އެވެ.

އެޗްއާރްސީއެމްގެ ރައީސްއާއި ނާއިބު ރައީސް މަގާމަށް ބޭފުޅުން އައްޔަންކުރަން މަޖިލީހުން ފާސްކޮށްފައި މިވަނީ އެ ދެ މަގާމު ހުސްކޮށް އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އެ ދެ ބޭފުޅުން މަގާމަށް އައްޔަނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހުށަހެޅުއްވީ މިމަހުގެ 12 ވަަނަ ދުވަހު އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ އެޗްއާރުސީއެމްގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ޑރ. އަހްމަދު އަދުހަމް އަބްދުﷲ އާއި މަރިޔަމް މުނާގެ އިތުރުން މޫމިނާ ވަހީދާއި އައިމިނަތު ޝިފާއަތު އަބްދުއްރައްޒާގް އާއި ސަމާއު އަހްމަދު ނަޖީބް އެވެ. މީގެ ތެރެއިން ސަމާއު އައްޔަނު ކުރީ މިމަހުގެ ތިންވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355