twitterviber whatsapp telegramfacebookyoutube instagram
7th May 2024

ސްކޮލަރޝިޕްގެ ފުރުސަތުތަކާއެކު އެވިޑް ކޮލެޖްގެ ޖެނުއަރީ އިންޓޭކަށް ހުޅުވާލައިފި

މުޙައްމަދު އަހުމަދު
Oct 28, 2021

ސްކޮލަރޝިޕް ފުރުސަތުތަކާއެކު މިއަންނަ އަހަރުގެ ޖެނުއަރީ މަހު އެވިޑް ކޮލެޖުން ހިންގުމަށް ހަމަޖައްސާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެކޮލެޖުން މިއަދު ހުޅުވާލައިފި އެވެ.

މިކަން ހިނގީ މިއަދު ހެނދުނު އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަސްގައި އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ސީނިއަރ މެނޭޖްމެންޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޖެނުއަރީ އިންޓޭކު ރަސްމީގޮތުން ހުޅުވައިދެއްވަވައި ޖެނުއަރީ އިންޓޭކަށް ހާއްސަކޮށްގެން ހުޅުވާލި ނައިބް ރަޝާދު ސްކޮލަރޝިޕް ފުރުސަތުތައް އިއުލާން ކުރެއްވެވީ އެވިޑް ކޮލެޖްގެ ޗެއަރމަން އަލްފާޟިލް އަބްދުﷲ މުސްތާޤް ރަޝާދެވެ.

މިފަހަރު އެވިޑް ކޮލެޖުން ޖުމުލަ 50 ސްކޮލަރޝިޕްގެ ފުރުސަތަށް ހުޅުވާލާފައިވެ އެވެ. އޭގެތެރެއިން 30 ސްކޮލަރޝިޕް ފުރުސަތު ހާއްސަކޮށްފައި ވަނީ ހުވަދު އަތޮޅުގައި ހުންނަ އެވިޑް ކޮލެޖްގެ ތިނަދޫ ކެމްޕަހުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށެވެ. އެއީ މާސްޓަރސްގެ ޕްރޮގްރާމްތަކަށް 5 ފުރުސަތު، ޑިޕްލޮމާގެ ކޯސްތަކަށް 10 ފުރުސަތު އަދި ފައުންޑޭޝަންއަށް 15 ފުރުސަތެވެ.

20 ސްކޮލަރޝިޕް ފުރުސަތު ހާއްސަކޮށްފައިވަނީ މާލޭގައި ހުންނަ ޑައިމަންޑް ކެމްޕަހުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށެވެ. އެއީ މާސްޓަރސްގެ ޕްރޮގްރާމްތަަކަށް 5 ފުރުސަތު، ޑިޕްލޮމާގެ ކޯސްތަކަށް 5 ފުރުސަތު އަދި ފައުންޑޭޝަންއަށް 10 ފުރުސަތެވެ.

2021 ވަނައަހަރުގެ ޖެނުއަރީ އިންޓޭކާއި އަދި ސްކޮލަރޝިޕް ފުރުސަތުތަކުގެ މައުލޫމާތު ހޯއްދެވުމަށް މާލޭގައި ހުންނަ ޑައިމަންޑް ކެމްޕަހަށް ނަމަ 3006768 ނަންބަރަށް އަދި ގދ. ތިނަދޫ ކެމްޕަހަށް ނަމަ 6846768 ނަންބަރަށް ގުޅުއްވުމަށް އެވިޑް ކޮލެޖުން އެދެ އެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު އެއް ކޮލެޖެވެ. މިހާރުވެސް އެކޮލެޖުގެ އެކިއެކި ކޯސްތަކުގައި 2500 އަށްވުރެ ގިނަ ދަރިވަރުން މަތީ ތައުލީމު ހާސިލްކުރަމުން އެބަގެންދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355