twitterviber whatsapp telegramfacebookyoutube instagram
26th April 2024

ވަށައިގެންވާ އެކިއެކި ސަގާފަތްތަކާ ބެހޭ ބައެއް ވާހަކަތައް ކިޔާލަމާ!

މުޙައްމަދު އަހުމަދު
Nov 20, 2021

ގައުމުތަކުގެ އެކިކަހަލަ ސަގާފަތްތަކަކީ އާންމުކޮށް މީހުން ކިޔާ އަޑު އަހާ ހޯދަން ވަރަށް ޝައުގުވެރިކަން ހުންނަ ކަމެކެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަޖައިބުކުރުވަނިވި ސަގާފަތްތަކާ އެކިކަހަލަ ކަންކަން ކުރިއަށްދެ އެވެ. ބައެއް މީހުންނަށް ދަތުރުކޮށް އެކަންކަން ތަޖުރިބާކޮށްލަން ނުލިބުނު ނަމަވެސް ގޭގައި އިންޓަނެޓް މެދުވެރިކޮށް އެކަންކަން ހޯދާ ބެލުމަކީ ގިނަ ބަޔަކު ޝައުގުވެރިކަން ހުންނަ ކަމެކެވެ.

އެގޮތުން ފާހަގަކޮށްލެވޭ ބައެއް ސަގާފަތްތައް:

1. ޖަރުމަނުގައި އަލަށް ކައިވެނިކުރާ މީހުން ތެޅިފައިހުންނަ ތަށި ސާފުކުރުން: ޖަރުމަނުގައި އޮންނަ އާދަޔާހިލާފު ސަގާފަތެއްގެ ސަބަބުން އަލަށް ކައިވެނިކުރާ ދެމަފިރިން ތަށިތަކެއް ތަޅާލުމަށްފަހު އެ ސާފުކުރަން ޖެހެ އެވެ. މިކަމުން ދޭހަކޮށްދެނީ ދެމަފިރިން އަބަދުވެސް ތިބޭނީ ކޮންމެ ކަމެއްކުރާއިރު އެކަކު އަނެކަކާ ޝެއާރކޮށްގެން އެހީވާން ތައްޔާރަށްކަމަށް އެގައުމުގެ މީހުން ބުނެ އެވެ.

2. ސްޕެއިނުގައި ކުޑަކުދިން މަތިން ފުންމުން: ގަރުނުން ފެށިގެން ސްޕެއިނުގައި އަންނަނީ ކުޑަކުދިންގެ ފުރާނަ ސާފުކުރުމޭ ކިޔާ ހަރަކާތެއް ހިންގަމުންނެވެ. މިކަން ހިނގާ ގޮތަކީ ފުރޭތަ ހެދުން އަޅައިން ތިބޭ މީހުން އެކުދިން ހޯލީ ފެނުން ދޮވުމުގެ ކުރިން އެކުދިންގެ ގައިމަތިން ފުންމާނެ އެވެ.

3. ދެކުނު ކޮރެއާގައި ރަތް ދެލި ބޭނުންކުރުމަކީ މަނާކަމެއް: ދެކުނު ކޮރެއާގައި ރަތް ދެލި ބޭނުންކުރުމުގެ މާނައަކީ އެހެން މީހަކަށް އަނިޔާއެއް ނުވަތަ ހާނިއްކައެއް ކުރަން އުޅުމުގެ ނިޝާނެއްގެ ގޮތުގަ އެވެ. އެހެންކަމުން ނަމަނަމަ ދެކުނު ކޮރެއާގައި ރަތް ދެލި ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

4. ރޯމުގައި މީހުން ވަޅުލާ ވަޅުތަކަށް ތަފާތު އެއްޗެހި އެޅުން: ރޯމުގައި ގިނަ ވަޅުތަކަށް ހުންނަނީ ހޮޅި (ޕައިޕްލައިން) ގުޅާފަ އެވެ. އެއީ ވައިންއާއި އެހެނިހެން އެއްޗެހި އެޅުމަށެވެ. މިއީ މަރުވެފައިވާ އެމީހުންގެ ގާތް މީހުންނަށް އިހްތިރާމްކުރުމުގެ ގޮތުން ރޯމުގައި ކުރަމުން އަންނަ ތަފާތު ކަމެކެވެ. މިއީ އެމީހުންގެ ތެރޭގައި އާންމުވެފައި އޮންނަ ސަގާފަތެކެވެ.

5. ޗައިނާ މީހުންނަށް ހަދިޔާދޭއިރު ވަރަށް ސަމާލުވާން ޖެހޭނެ: ޗައިނާގައި އެންމެ އާދައިގެ ކަންކަމާއި ތަކެއްޗަށް ތަފާތު މާނަ ހުރެ އެވެ. މިސާލަކަށް ހުދު މަލާއި ވިއްސާރަ ކުޑައާއި ގަޑިއަކީ އެގައުމުގައި ނެގެޓިވް މާނައެއް އޮންނަ ބައެއް އެއްޗެއްސެވެ. އެހެންކަމުން ޗައިނާގެ ރަހްމަތްތެރިންނާއި ހަދިޔާ ބަދަލުކުރާއިރު ވަރަށް ބޮޑަށް ސަމާލުވާންވާނެ އެވެ.

6. ޑެންމާކްގައި ގަބްރުސްތާނުގައި މަޖާނަގާ އުފާފާޅުކުރުން: ޑެންމާކުގައި ގަބްރުސްތާނުތަކަކީ ރަނގަޅު ވަގުތެއް ހޭދަކޮށްލާ މަޖާ ކޮށްލާ އުފާކޮށްލަން ގިނަ ބަޔަކު ބޭނުންކުރާ ތަނެކެވެ. ސަބަބަކަށް ވެފައި އޮންނަނީ އެތައް ވިޒުއަލީ ރީތިވީމަ އެވެ. އަދި ފޮޓޯތަކަށް ނަލަވީމަ އެވެ. މިސާލަކަށް ހަލާކުވެފައި އަދި ބާވެފައި ހުންނަ އިމާރާތްތަކަކީ ފޮޓޯތަކަށް ރީތި ތަންތަނެވެ. އެގޮތުން ޑެންމާކް މީހުންނަށް ގަބްރުސްތާނަކީ ވެސް ހަމަ އެކަހަލަ އިހްސާސްތަކެއް ގެނެސްދޭ ތަނެކެވެ.

7. އަބަދުވެސް ނޯވޭގައި ސަމްސަލުން ކެއުން، ކަޓްލަރީ ބޭނުންކުރުން: ނޯވޭގައި އަތުން އެއްވެސް އެއްޗެއް ކެއުމަކީ ކޮށްއުޅޭ ކަމެއް ނޫނެވެ. އެއީ ބާގާ އެއް ވިއަސް ވަރިހަމައެވެ. އެހެންވީމާ ނޯވޭއަށް ޒިޔާރާތްކޮށްފިނަމަ އަބަދުވެސް ކަޓްލަރީ ބޭނުންކޮށްގެން ކެއުމަށް ސަމާލުކަން ދިނުމަކީ އެދެވިގެންވާ ކަމެކެވެ.

8. ގްރީކްގައި ކައިވެނިކުރާ އަންހެންމީހާގެ ގަޔަށް ކުޅު ޖެހުން: މިއީ އެގައުމުގައި ވަރަށް އާ އެހެންނަމަވެސް ވަރަށް އާންމު ސަގާފަތެކެވެ. އަންހެންމީހާގެ ގަޔަށް މެހެމާނުން ކުޅު ޖަހަނީ ރަނގަޅު ނަސީބެއް (ގުޑްލަކް) ދެއްވުމަށް އެދިގެންނެވެ. އެހެންނަމަވެސް މިއީ އެހާ ސާފުތާހިރު ސިއްހަތަށް ފައިދާ ހުރި އަދި އެހާ ރީތި ކަމަކަށް ނުވާތީ މީހުން ހަދާ ގޮތަކީ ކުޅު ޖަހާ އަޑު އަނގައިން ލެއްވުމެވެ. ހަގީގަތުގައި ގަޔަށް ކުޅު ނުޖަހާ މީހުން ކަންތައް ކުރަނީ މިހެންނެވެ.

މިއީ ހައްތަހާވެސް ބައެއް ގައުމުތަކުގެ ސަގާފަތުގެ ތެރޭގައި ހިމެނިގެން އެގައުމުގެ މީހުން ކުރަމުން އަންނަ ތަފާތު ކަންތައްތަކެވެ. މީގެ ތެރޭގައި ގިނަ ބަޔަކަށް ކަމުނުދާ އެތައް ސަގާފަތެއް ވެސް ހިމެނިދާނެ އެވެ. ނަމަވެސް މިކަންކަމަކީ މިކަން ކުރާ މީހުންނަށް ވަރަށް ކަމުދާ ކަމެއްކަން އެނގެ އެވެ. މީގެ އިތުރުން ވެސް އެތައް ބައިވަރު ސަގާފަތެއް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހުރެ އެވެ. އެހެންނަމަވެސް މިފަހަރު މިބަލާލީ އެތަނުން 8 ސަގާފަތަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355