twitterviber whatsapp telegramfacebookyoutube instagram
28th March 2024

ދިވެހިރާއްޖެއަށް ނަޒަރެއް!

މުޙައްމަދު އަހުމަދު
Nov 9, 2021

ރަސްމީ ގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަކީ ދެކުނު އޭޝިއާގެ ހިންދު މާކަނޑުގެ ތެރޭ ފެތުރިފައި އޮންނަ ކުޑަ ޖަޒީރާ ޤައުމެކެވެ.

ދިވެހިރާއްޖޭގައި ގުދުރަތީ ގޮތުން 26 އަތޮޅު އޮތް ކަމުގައި ވިޔަސް އިދާރީ ގޮތުން 20 އަތޮޅަށް ސަރުކާރުން މިއަތޮޅުތައް ވަނީ ބަހާލާފަ އެވެ. ދިވެހިރާއްޖޭގެ ބިމުގެ ބޮޑުމިނަކީ 298 ކިލޯމީޓަރެވެ. ދިވެހިރާއްޖެއަކީ އޭޝިއާގައިވާ އެންމެ ކުޑަ ޤައުމުވެސްމެ އެވެ.

ތާރީހު:

ރާއްޖޭގައި 1400 އަހަރަށް ދެމިގެންދިޔަ ބުދިސްޓު ޒަމާނަކީ ރާއްޖޭގެ ތާރީހުގެ ބިންގަލެވެ. އެއީ މިޒަމާނާއި ހަމައަށް ދެމިގެން އައިސްފައިވާ ދިވެހި ބަހާއި ސަގާފަތް އުފެދިގެން އައީ މިޒަމާނުގައިވާތީ އެވެ. ދިވެހިބަހާއި ފުރަތަމައަށް ދިވެހިބަސް ލިޔަން ގެންގުޅުނު އެވޭލާ އަކުރު އަދި ދިރިއުޅުން ފެށުނީ ރާއްޖޭގައި ބުދިސްޓު ރަސްކަން އޮތްވަ އެވެ.

ނަމަވެސް މިހާރު ރާއްޖެއަކީ އިސްލާމީ ގައުމެކެވެ. ރާއްޖޭގައި އޮންނަނީ އިސްލާމީ ދައުލެތެކެވެ.

ދިވެހިރާއްޖޭ އުފެދިގެން އައި ގޮތް:

ގިނަ ބައެއްގެ ނަޒަރުގައި ކަނޑުގެ އަޑީގެ ބެޑްރޮކް ގިނި ފަރުބަދީ ހަރަކާތްތަކަކުން އުފުލި ކަނޑުގެ ސަތުހުން މައްޗަށް އެރި ތަންތާގައާއި ދެ ފެންދޭތެރެއަށް އުފުލުނު ތަންތަނުގައި މުރަކަ ފަދަ ތަކެތި އުފެދި ދިރެމުން އައިސް ފަރު (ރިންގް) އުފެދި އެ ފަރުތަކުގެ ދުނީގައާއި ރިންގުތަކުގެ އެތެރޭ ބައިގާ (އަތޮޅުތެރެ) ރަށްރަށް އުފެދި އަތޮޅުތައް އުފެދޭ ގޮތްވީ އެވެ.

މޫސުން:

ކަނޑާއި ރަށްތައް އޮންނަލެއް ކައިރި ކަމުން އާންމު ގޮތެއްގައި ރާއްޖޭގެ ވައިގެ ތެތްކަން ހުންނަނީ ވަރަށް މަތީގަ އެވެ. ދިވެހިރާއްޖޭގެ އެވްރެޖު ފިނިހޫނުމިނަކީ ގާތްގަނޑަކަށް 30 ޑީގްރީ ސެލްސިއަސް އެވެ.

ރާއްޖެ އިސްލާމްވުން:

ދިވެހިރާއްޖެ އިސްލާމްވިކަމަށް ބެލެވިފައިވަނީ ހިޖުރައިން 6 ވަނަ ޤަރުނުގެ ކުރީކޮޅުގަ އެވެ. އެއީ މީލާދީން 12 ވަނަ ޤަރުނުގެ ކުރީކޮޅެވެ. ރަސްމީ ގޮތުން ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 26 ޖޫން 1153 މ. ވީ ހުކުރުދުވަހެވެ.

ދިވެހިރާއްޖެ އިސްލާމް ކުރެއްވި ބޭފުޅަކީ އެންމެ ގިނަ ބަޔަކު ބުނާގޮތުން މައުލާނަލް ޙާފިޡް އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ އެވެ.

އިގްތިސާދު:

ދިވެހިރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބިނާވެފައިވަނީ މަސްވެރިކަމާއި ފަތުރުވެރިކަމަށެވެ. ދަނޑުވެރިކަމަކީ ވެސް ރާއްޖޭގެ މުހިއްމު ސިނާއަތެކެވެ.

ދަތުރު ފަތުރު:

ރާއްޖޭގައި ދަތުރުފަތުރު ކުރުމަށް ދޯންޏާއި ބައްތެއްޔާއި އޮޑި އަދި ސްޕީޑް ލޯންޗު ބޭނުންކުރެ އެވެ. ނަމަވެސް މިހާރު ދަތުރުފަތުރު ކުރުމުގެ އެންމެ އާންމު ގޮތަކީ ވައިގެ މަގުން މަތިންދާ ބޯޓުގައްޔާއި ކަނޑުމަގުން ބާރަށް ސްޕީޑް ލޯންޗުތަކުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355