twitterviber whatsapp telegramfacebookyoutube instagram
17th August 2026

ނޮޅިވަރަމް ހިމެނޭ ގޮތަށް 20 ރަށަކަށް އެމްބިއުލާންސް ފޮނުވައިފި

މުޙައްމަދު އަހުމަދު
Oct 31, 2021

ހދ. ނޮޅިވަރަމް ހިމެނޭ ގޮތަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ 20 ރަށަކަށް ހެލްތު މިނިސްޓްރީން އެމްބިއުލާންސް ފޮނުވައިފި އެވެ. މީގެއިތުރުން ހދ. މަކުނުދޫ ވެސް މިލިސްޓްގައި ހިމެނެ އެވެ.

ނޮޅިވަރަމްގައި ދާދިފަހުން ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެންދިޔައިރު އެރަށު ސިއްހީ މަރުކަޒުގެ އެމްބިއުލެންސް ހަލާކުވެފައި އޮތުމުން މީހުން އުފުލުމުގައި ޕިކަޕެއް ބޭނުންކުރަމުން ދިޔުމުން އެކަމާ އެތައް ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެމްބިއުލާންސް ފޮނުވި ރަށްތައް:

1. ހއ. އުލިގަމް
2. ހއ. ފިއްލަދޫ
3. ހދ. މަކުނުދޫ
4. ހދ. ނޮޅިވަރަމް
5. ށ. ފޯކައިދޫ
6. ނ. މިލަދޫ
7. ނ. ހެނބަދޫ
8. ރ. އިނގުރައިދޫ
9. ޅ. ކުރެންދޫ
10. ބ. ތުޅާދޫ
11. ކ. ހުރާ
12. އދ. ދަނގެތި
13. ފ. ބިލެއްދޫ
14. ތ. މަޑިފުށި
15. ލ. މާވަށް
16. ގއ. ގެމަނަފުށި
17. ށ. މަރޮށި
18. ތ. ގާދިއްފުށި
19. ބ. ކުޑަރިކިލު
20. އއ. ތޮއްޑޫ

މިއަހަރުގެ މޭ މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާއެކު ސަރުކާރުގެ ހަރަދުގައި އެމްބިއުލާންސް ގަންނަން އެއްބަސްވުމެއް ހެދި އެވެ. އަދި މި އަހަރުގެ ނިމުމުގެ ކުރިން 60 އެމްބިއުލާންސް ރާއްޖެ ގެންނާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ހެލްތް މިނިސްޓްރީން ބުނީ އެސްޓީއޯ މެދުވެރިކޮށް ގަނެފައިވާ އެމްބިއުލާންސްގެ ފުރަތަމަ ޝިޕްމަންޓްގައި ހިމެނޭ 20 އެމްބިއުލާންސް ރަށްރަށަށް ފޮނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355