twitterviber whatsapp telegramfacebookyoutube instagram
5th May 2024

ކުޅުދުއްފުށީ ޕޯޓް ތަރައްގީކުރުމަށް 100 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް، އަންނަ އަހަރު ފަށަނީ

ޚަދީޖާ އާދަމް
Oct 31, 2021
1

އުންމީދުކުރަނީ އަންނަ އަހަރު ކުޅުދުއްފުށި ސަރަހައްދީ ބަންދަރު ތަރައްގީކުރުމުގެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުމަށްކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި ހުންވައިގެން ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ އެންމެ މުހިއްމު ކަމަކީ ކުޅުދުއްފުށީ ޕޯޓްގެ ވީ ވޯލް އެކްޓެންޝަން ކަމަށެވެ. އެންމެ ބޮޑު ދަތިކަމަކަށް ވެފައި މިއޮންނަނީ ކީ ވޯލްގެ ދަތިކަންކަމަށާއި ސަބަބަކީ ވޯލްގެ ސަރަހައްދުގައި ފުންމިން ނުލިބޭތީއާ ޑްރާފްޓް ނުލިބޭތީ ކަމަށެވެ.

"2019 ވަނަ އަހަރަށް ހަމައަށް އައިއިރު އިތުރަށް ކުޅުދުއްފުށީ ޕޯޓްގެ ކީ ވޯލް އެކްޓެންޝަން އަކީ އެންމެ މުހިންމުކަންތައް އެކަމަކު އެކަންތައް ކުރުމަށް އޭރަކު ނެތް އަޅުގަނޑުމެންނާއި ހަމައަށް އައިއިރު އިތުރު ޕްލޭން އެއް ހެދިފަކާ" ޝާހިދު ވިދާޅުވި އެވެ.

މިކަން ހައްލުވެގެން ދާނީ ކީވޯލް ބޭރަށް ނެރެގެންކަން ޝާހިދު ފާހަގަކުރި އެވެ. އެގޮތުން އެކަމަށް މާސްޓަރޕްލޭނެއް ހަދައިގެން މަސައްކަތުގެ ތެރޭގައި އުޅެނިކޮށް ކޮވިޑް ލޮކްޑައުންއައުމާ ގުޅިގެން މަސައްކަތް ލަސްވެގެން ދިޔަކަމަށާއި ނަމަވެސް މިހާރު މާސްޓަރ ޕްލޭން ނިންމާ ޑީޓެއިލް ޑިޒައިނާއި އީއައިއޭ ހެދުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާކަމަށް ޝާހިދު ވިދާޅުވި އެވެ.

ކީވޯލްގެ މަސައްކަތް ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދެވިއްޖެނަމަ އަހަރެއްހާ ދުވަސްތެރޭގައި މަސައްކަތް ނިމޭނެކަމަށާއި ކި މަސައްކަތައް އެސްޓިމޭޓް ކުރެވިފައިވަނީ 100 މިލިއަން ރުފިޔާގެ ރޭންޖެއް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. ނަމަވެސް އީއައިއޭގެ މަސައްކަތް ނިމުމުން ޑިޒައިނަށް ބަދަލު އައުން އެކަށީގެންވާ ކަމަށާއި އެހެން ވެއްޖެނަމަ ފައިނަލް ބީއީކިއު ހަދާއިރު އަގަށް ބަދަލުއައުން އެކަށީގެންވާކަމަށެވެ.

މުޅި ޑިޒައިން އެއްކޮށް ފައިނަލް ކުރެވޭނީ އީއައިއޭ ފައިނަލް ވުމުން ކަމަށާއި މުޅި ޑިޒައިން ފައިނަލް ކުރެވޭ ހިސާބުން ފެށިގެން ޑީޓެއިލް ޑިޒައިންގެ މަސައްކަތް ފެށިގެންދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ޑީޓެއިލް ޑިޒައިންގެ ފަހުން ކޮސްޓިން ހެދިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން އުންމީދު ކުރަނީ އަންނަ އަހަރު ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށޭވަރުވާނެ ކަމަށްކަމަށް ވިދާޅުވި އެވެ.

މިވަގުތު ކޮޗިންއާ ރާއްޖެއާ ދޭތެރޭ މިދަތުރުކުރަނީ ބޯޓްތަކަކީ އެއީ އަޅުގަނޑަށް ހަނދާންވާގޮތުން 6 ހާސް ޓަނުގެ ބޯޓެއް، ހަތް ހާސް ނޫނީ ހަ ހާސް ޓަނު، އޭގައި 350 ކޮންޓެއިނަރ އާއި އަދި އޭގެ އިތުރަށް ބްރޭކް ބަލްކް ގެނެވޭ ވަރުގެ ބޯޓެއް. އެއަށްވުރެ ކުޑަ ބޯޓެއް ނަމަވެސް މިސާލަކަށް އެސްޓީއޯއިން މިހާރު އޮޕަރޭޓްކުރާ ބޮންތި އެއީ ދެހާސް ނޫނީ ތިންހާސް ޓަނު ލޯޑްކުރެވޭ އެއްޗެއް. ކުރިއަށް ބަލާފަ އެއަށްވުރެންވެސް ބޮޑެތި ބޯޓުތަކަށް ހިދުމަތްދެވޭވަރަށް މި ޑީޒައިން މި ޕްލޭން ކުރެވިފައި އިންނަނީ" ޝާހިދު ވިދާޅުވި އެވެ.

އެންމެ މުހިއްމު އެއްބަދަލަކީ ކީވޯލް ކަމަށާއި ދެވަނަ ކަމަކަށް ބަނދަރުގެ އިންފްރާސްޓްރަކްޗަރގެ ތެރެއަށް ވެހިކަލްތައް ބަހައްޓާނެ ވެއާ ހައުސް އާއި ވޯކްޝޮޕް އޭރިއާވެސް މުހިއްމުކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު މުދާ ވައްދަން ހުރި ވެއާ ހައުސް ބޭނުންކުރަނީ ވެހިކަލް ބެހެއްޓުމަށާއި، ވެހިކަލް މަރާމާތުކުރުމާއި ތިން ކަންތަކަށް އެއްކޮށްކަން ޝާހިދު ފާހަގަ ކުރެއްވި އެވެ. އެހެންކަމުން ވެހިކަލްތައް ވެއްދުމަށާއި ވެހިކަލްތައް މަރާމާތުކުރާ ސަރަހައްދެއްގޮތަށް ބޮޑު ވެއާ ހައުސްއެއް ހެދިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތްވެސް ކުރިއަށް ދާއިރު ކުރިއަށް އޮތް ހަފްތާތެރޭގައި ކޮންޓެއިނާރ އުފުލާ ޓްރެކްޓަރ ޓްރެވެލާރ އަންނާނެ ކަމަށާއި އޭގެއިތުރަށް ކޮންޓެއިނަރ އުފުލޭވަރުގެ އެހެނިހެން އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައި ކަމާ ބެހޭ މުވައްސަސާތަކާއި ކުޅުދުއްފުށީގައި ނަމަ ކައުންސިލާއި ކޯޑިނޭޓްކޮށްގެން ވިޔަފާރިވެރިންނަށް ފަސޭހަ ގަޑިތަކެއް ހިދުމަތް ދިނުމުގައި ހަމަޖައްސާނެކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355