twitterviber whatsapp telegramfacebookyoutube instagram
25th October 2025

ކުރިއަށް އޮތް 3 ދުވަހު މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފި

Nov 1, 2021

ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

އެ އިދާރާއިން ބުނީ ރާއްޖޭގެ އިރުއުތުރުން ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިކަނޑަކާ ގުޅިގެން ކުރިއަށް އޮތް 3 ދުވަހު ރާއްޖެ ސަރަހައްދުގައި ވައިގަދަވެ ގަނޑު ގަދަ ވާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓުން ބުނީ ކޮޅިގަނޑާ ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަކުރާނެ ކަމަށާއި ކުރިއަށް 24 ގަޑިއިރަށް މެދު ރާއްޖޭތެރެއާއި ދެކުނަށް 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް 7 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަ ވާނެ ކަމަށެވެ.

އެހެންކަމުން ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355