އިސްލާމްދީނުގެ އަގީދާ ބަލައިގަތުމަކީ ދިވެހީންނަށް ލިބުނު އެންމެ ބޮޑު ނަސީބުކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސްލާމްދީނުން ގެނެސްދެނީ ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ ހައްލުކަމަށެވެ. އަދި ދީނުން ދަސްކޮށްދޭ ފިލާވަޅުތަކުގެ ބޭނުން ހިފައި ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް މަސައްކަތްކުރުމަށް ވެސް ނައިބު ރައީސް ގޮވައިލެއްވިއެވެ.
ރަނގަޅު ޖީލެއް ގައުމެއްގައި އުފެދެނީ މުޅި މުޖުތަމައުގެ ބައިވެރިވުމާއެކު ކަމަށާއި ކުޑަ ކުދީންގެ ކިބައިގައި އިސްލާމީ ރިވެތި އުސޫލު އަށަގެންނެވުމަށް ޓަކައި މަސައްކަތްކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދު ކުރުން އެންމެ މުހިންމު ކަމަކީ އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބުމަށް މަސައްކަތްކުރުންކަމަށާއި އިސްލާމްދީނުން ދަސްކޮށްދޭ އެންމެ މުހިންމު ސިފައަކީ ރިވެތި އަހްލާގުކަމަށެވެ.