twitterviber whatsapp telegramfacebookyoutube instagram
29th March 2024

އެންމެ ކުޑަ އުޖޫރައަކީ 4500 ރުފިޔާ ކަމަށް ކަނޑައަޅައިފި

ނަބީލާ އިސްމާޢީލް
Nov 8, 2021
1

ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައަކީ 4500 ރުފިޔާ ކަމަށް ކަނޑައަޅައިފި އެވެ. ހޮޓެލް ޖެންގައި މިހާރު ކުރިއަށް ދާ ރަސްމިއްޔާތެއްގައި މިނިމަމް ވޭޖް ގަރާރުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ސޮއިކުރައްވައިފަ އެވެ. ހަތަރު ކެޓަގަރީއަކުން މިނިމަމް ވޭޖް ވަނީ ކަނޑައަޅައިފަ އެވެ.

މިނިމަމް ވޭޖު ބޯޑުން ދިން ލަފާ ދިރާސާ ކުރުމަށްފަހު އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވަނީ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ 4500 ރުފިޔާއަކީ ކުދި ވިޔާފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މުވައްޒަފަކު މަސައްކަތް ކުރުމުން މަހެއްގެމައްޗަށް ދޭންޖެހޭނެ މިންވަރެވެ.

މެދު ފަންތީގެ ވިޔަފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން މަހެއްގެ މައްޗަށް މުވައްޒަފުންނަށް 7،000 ރުފިޔާ މުސާރައިގެ ގޮތުގައި ދިނުމަށްވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން ބޮޑެތި ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން، މަހަކު 8000 ރުފިޔާ ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ. އަދި ސަރުކާރުގެ އެންމެ މުވައްޒަފުން ގިނަ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ، 7000 ރުފިޔާއެވެ.

މިނިމަމް ވޭޖް ކަމަށް ބަލައިފައި ވަނީ ފިކްސްޑް އެލަވަންސް އަށެވެ. އޭގެ ތެރޭގައި ފުޑް އެލަވަންސް ކަހަލަ އިންކައިންޑް ބެނެފިޓްސް ނުހިމެނެ އެވެ. މިނިސްޓަރު ވިދާޅުވީ މިއަދު އިއުލާންކުރި މިނިމަމް ވޭޖްގެ އަދަދުތަކަކީ އިގްތިސާދަށާއި ވަޒީފާ އަދާކުރާ އަދި ވަޒީފާ ދޭ ފަރާތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ އަދަދުތަކެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355