twitterviber whatsapp telegramfacebookyoutube instagram
19th May 2024

ޚަތިމަށް ކުޅުޖެހި މީހާގެ ނަފްސާނީ މައްސަލައެއް ފާހަގައެއް ނުވޭ: ޖެންޑާ

ނަބީލާ އިސްމާޢީލް
Nov 8, 2021

މާލޭގެ ދެ މިސްކިތަކަށް ވަދެ އެތަންތަނަށް ކުޑަކަމު ގޮސް، މިސްކިތެއްގައި އޮތް ހަތިމަކަށް ކުޅު ޖެހި މީހާގެ ނަފްސާނީ މައްސަލައެއް ހުރިކަން ފާހަގަކުރެވިފައި ނުވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ، ޒިޔާދުގެ މައްސަލަ އެ މިނިސްޓްރީން ބެލި ކަމަށެވެ. އަދި އޭނާ އަކީ ނަފްސާނީ މައްސަލައެއް ހުރި މީހެއް ކަމަށް ފާހަގަ ކުރެވިފައި ނުވާތީ، އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެންޑީއޭއަށް ފޮނުވައިފައިވާ ކަމަށެވެ.

މީހުން ނަމާދަށް ތިއްބައި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒު ތެރެއަށް އަދި ރައީސް އޮފީހުގެ ބޭރަށް ވެސް ކުޑަކަމު ދިޔަ މައްސަލައިގައި މިދިޔަ މަހު 3 ވަނަ ދުވަހު ހައްޔަރުކުރީ މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40 އެވެ. އެ މައްސަލައިގައި އޭނާ އަށް ދައުވާކުރަން ފޮނުވައި ބަންދުން ދޫކޮށްލާފައި ހުއްޓާ އިއްޔެ ހަވީރު މާލޭގެ އިބްރާހީމް މިސްކިތަށް ވަދެ ހަތިމަކަށް ކުޅު ޖެހުމުން ބަޔަކު އޭނާ ހިފަހައްޓައި ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ޖެންޑާ މިނިސްޓްރީގެ އިތުރުން، ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒްވެސް ވަނީ މިސްކިތަކަށް ވަދެ ކުޑަކަމުދިޔަ މީހާގެ ފަރާތުން ފެންނަނީ ނަފްސާނީ ބަލިމަޑުކަމެއް ހުންނަ މީހެއްގެ ފަރާތުން ފެންނާނެ ފަދަ އަލާމާތްތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ފުލުހުން ވަނީ އެ މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށާއި އޭނާގެ ކިބައިގައި ނަފްސާނީ ބަލީގެ އިތުރު މައްސަލައެއް ހުރިތޯ ބަލަމުންދާ ކަމަށް ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355