twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެންމެ ރަހަމީރު ކެއުންތައް ލިބޭނެ ގައުމުތައް އެނގޭތަ؟

މުޙައްމަދު އަހުމަދު
Nov 16, 2021
1

އަމިއްލަ ގައުމުން ބޭރަށް ޓްރެވަލް ކުރާ އެތައް ބަޔަކު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އުޅެ އެވެ. ދުނިޔޭގެ އެކި ތަންތަނަށް މީހުން ޓްރެވަލްކުރާއިރު އެކި ގައުމުތަކުގެ ސަގާފަތާއި ކެއުންތަކާއި ހާއްސަ ކަންތައްތައް ވަރަށް ގިނަ މީހުން ހޯދާ ބަލަ އެވެ.

އެގޮތުން މިއަދު މިބަލާލަނީ އެގޮތުން އެންމެ މީރު ރަހަތައް ތަޖުރިބާކޮށްލަން ލިބޭނެ ބައެއް ގައުމުތަކެވެ. ނަމަވެސް މި ލިސްޓަކީ އެއްވެސް ހާލަތެއ

1. ވިއެޓްނާމް:

ވިއެޓްނާމީސް ކެއުންތަކުގެ މައިގަނޑު ބައިތަކަކީ ޝްރިމްޕް ޕޭސްޓާއި ފިޝް ސޯސް، ބަތް، މޭވާ އަދި ތަރުކާރީ ފަދަ ތަކެއްޗެވެ. އެހެން އޭޝިއަން ގައުމުތަކާ އަޅާބަލާއިރު ވިއެޓްނާމަކީ އެސަރަހައްދުގައި އެންމެ ސިއްހަތަށް ރަނގަޅު ކާނާ ހަދާ އެއްގައުމެވެ. އޭގެތެރޭގައި:

ބަންހް މި: ތަފާތު އެކި އެއްޗެއްސާއި ތަރުކާރީ އަދި ބިސްގަނޑު ލައިގެން ހަދާ ސޭންޑްވިޗެއް.

ބަންހް ޒިއޯ: ވިއެޓްނާމީސް ޕޭންކޭކެއް.

ފޯ: ވިއެޓްނާމްގައި ތައްޔާރުކުރާ ވަރަށް ރަހަމީރު ނޫޑްލްސް ސޫޕެއް.

ޗާ ކަ: ފިޔައާއި ބަޓަރު ހާކައިގެން ތައްޔާރުކުރާ ވައިޓް ފިޝްއެއް.

ވިއެޓްނާމްގައި ތައްޔާރުކުރާ ހާއްސަ ބުއިމެއް: ޖޭސްމިން ސައި.

2. ގްރީސް:

ސެލެޑުތަކުން ފެށިގެން ގޮސް ހޫނު ކެއުންތަކާއި ފޮނިކާތަކެއިން ގޮސް ސޫޕްތަކާ ހަމައަށް ގްރީސްގައި ރަހަބަލާލަން މީރު އެތައް އެއްޗެއް ހުރެ އެވެ. އެހެންނަމަވެސް އަގުހެޔޮ ސަގާފީ އަދި އަވަހަށް ތައްޔާރުކޮށްލެވޭ އެއްޗެއް ބޭނުންނަމަ އެއީ ހަމަގައިމުވެސް ސުވްލާކީ އެވެ.

ގްރީސްގެ ހާއްސަ މިކެއުމަކީ އާންމު ގޮތެއްގައި އެގައުމުގެ މަގުތަކުން ލިބެން ހުންނަ ފާސްޓް ފުޑެކެވެ. ބާރ ތަކުންނާއި ޓޭކްއަވޭ ފިހާރަތަކުގެ އިތުރުން ކެފޭތަކުގައި ވެސް މި ކެއުން ލިބެން ހުރެ އެވެ. މުޅި ގައުމުގެ ހުރިހާ ސަރަހައްދެއްގައި ވެސް ސުވްލާކީ ލިބެން ހުރެ އެވެ.

ގޭގައި ތައްޔާރު ކުރާ އެންމެ މީރު ކެއުމަކަށް ގްރީސް އިން ލިބޭނީ މޮސާކާ އެވެ. އެހެންކަމުން ގްރީސްގެ ގެއަކަށް ވަނިއްޔާ މޮސާކާ ހޯދުމަކީ ރަނގަޅު ކަމެކެވެ. ކޮށްލެވިދާނެ އާ ތަޖުރިބާ އެކެވެ.

ގްރީސްގައި ތައްޔާރުކުރާ ހާއްސަ ބުއިމެއް: އޮއުޒޯ އާއި ސިޕޯރޯ.

3. ޕާކިސްތާން:

ޕާކިސްތާނީ މީހުންނަކީ މުސްލިމުންކަމުން މުސްލިމުން ރަލާއި އޫރުމަސް ބޭނުން ނުކުރާނެ އެވެ. އާންމުކޮށް ޕާކިސްތާނު މީހުން ކައިއުޅޭނީ ރަހަމީރު ގެރިމަހާއި ކުކުޅާއި ކަނޑުމަހާއި ތަރުކާރީތަކެވެ. އެމީހުން އާންމުކޮށް އެކިކަހަލަ ފްލޭވާސް އެމީހުންގެ ކެއުންތަކުގައި ބޭނުންކުރެ އެވެ. އޭގެތެރޭގައި ޗިލީ ޕައުޑަރާއި އިނގުރު، ރިހަ އަދި ކޮރިއެންޑާ އާއި ފޮނިތޮށި އަދި ލޮނުމެދު ހިމެނެ އެވެ.

އެގައުމުގެ ބައެއް މީރު ކެއުންތަކަކީ:

ޝާހީ ޓުކްރާ: ކޮށާފައިވާ ބްރެޑާއި ކްރީމާއި ކިރު އަދި ސެފްރޯން އަޅައިގެން ތައްޔާރުކުރާ ޝާހީ ޓުކްރާ އަކީ ފޮނި ކެއުމެކެވެ.

ޗިކަން ތަންދޫރީ: ތަންދޫރުގައި ރޯސްޓްކޮށް ކުކުޅު މެރިނޭޓްކޮށްގެން ތައްޔާރުކުރާ މީރު ރަހަތަކުން ފުރިގެންވާ ކެއުމެއް.

ރައިޓާ: ޔޯގަޓް ބޭނުންކޮށްގެން ތައްޔާރުކުރާ ތަރުކާރީ ސެލެޑެއް.

ޕާކިސްތާނުގައި ތައްޔާރުކުރާ ހާއްސަ ބުއިމެއް: ލައްސީ (ޔޯގަޓް ބޭނުންކުރާ ޑްރިންކެއް)

4. ފިލިޕީންސް:

އާންމު ގޮތެއްގައި ފިލިޕީންސްގެ ރަހަތަކަކީ އިންޑިއާ، ސްޕެއިން، ޗައިނާ އަދި އެމެރިކާގެ ރަހަތަކުގެ މިކްސް އެކެވެ. އެގައުމުގެ ބައެއް އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ:

އެޑޯބޯ: ލޮނުމެދު އަޅައިން ކައްކާ ކުކުޅެއް.

ޓޯޓާ: ބިސްގަނޑެއް.

ޕަންސިޓް: ނޫޑްލީސް.

ފިލިޕީންސްގައި ތައްޔާރުކުރާ ހާއްސަ ބުއިމެއް: ޕާމް ވައިން ނުވަތަ ގިން.

މިއީ ރަހަމީރު ކެއުންތައް ލިބޭ ގައުމުތަކުގެ ތެރެއިން ބައެއް ގައުމުތަކެވެ. މީގެ އިތުރުން ވެސް މީރު ރަހަތައް އެކުލެވޭ ގައުމުތަކުގެ ލިސްޓްގައި ފްރާންސާއި އިޓަލީ، ސްވިޒަލޭންޑާއި ޗައިނާފަދަ ގައުމުތައް ވެސް ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355